ހއ. ފިއްލަދޫ / ޝޭޑޯޒް، އަހުމަދު ޢައްޠަފް (23އ)
ހއ. ފިއްލަދޫ / ޝޭޑޯޒް، އަހުމަދު ޢައްޠަފް (23އ)
ޝަރުއީ އުސޫލުތަކާ ހިލާފަށް ކޯޓުން ބޭރުގައި ކުޑަކުއްޖަކާ "ކައިވެނިކޮށް" ގެން ކަމަށް ބުނެ އެ ކުއްޖާ ރޭޕްކުރި މައްސަލައިގައި މިދިޔަ ހުކުރު ދުވަހު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ 17 އަހަރުގެ ކުއްޖަކާ "ކައިވެނިކޮށް" އެ ކުއްޖާ ބަލިވެ އިން މައްސަލައާ ގުޅިގެން ކުއްޖާއާ މެދު ޖިންސީ ގޯނާކޮށް ކުއްޖާ ރޭޕްކޮށްފައިވާ ކަމުގެ ތުހުމަތުގައި ހއ. ފިއްލަދޫ، ޝޭޑޯޒް، އަހުމަދު އައްތަފު، 23އ، ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަން މ. މުލި ކޯޓަށް ގެންދިއުމުން ވަނީ ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.



ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓީ ޝަރުއީ އުސޫލުތަކާ ހިލާފަށް ކޯޓުން ބޭރުގައި، 18 އަހަރުނުވާ ކުއްޖަކާ ކައިވެނިކޮށް، ޖިންސީ ގޯނާކުރުމުގެ ސަބަބުން ކުއްޖާ ބަލިވެއިން މައްސަލައަކަށް ވާތީ އޭނާ ދޫކޮށްލައިފި ނަމަ ހެކިބަސް ދޭން ތިބި މީހުންނަށް ނުފޫޒު ފޯރުވައި ހެކި ނައްތާލައިފާނެ ކަމަށް ބެލެވޭތީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.

މިދިޔަ ހަފުތާގައި ވެސް، އޯޓިސްޓިކް ކުއްޖަކު ރޭޕްކޮށް ބަލިވެއިން މައްސަލައެއްގައި އެ ކުއްޖާގެ ޅިޔަނު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވެއެވެ. އޭގެ ފަހުން، އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް، ބްލެކްމެއިލްކޮށް، ޖިންސީ ގޯނާގެ ތުހުމަތުގައި ވެސް އިއްޔެ މީހަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައި ވެ އެވެ.

މި މައްސަލަތަކުގެ ތަހުގީގު ފުރިހަމަކޮށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން