މާލޭގައި 4 މީހުން އަރުވައިގެން ދުއްވި ސައިކަލެއް ހިފަހައްޓައި ޖޫރިމަނާކޮށްފިއެވެ.

ފުލުހުންބުނީ ދެ މީހުންނަށް ވުރެ ގިނަ މީހުން ސައިކަލަށް އަރުވައިގެން ދުވައްމުން ދިޔަ މީހަކު ފުލުހުން މިއަދު ހުއްޓުވާފައިވާ ކަމަށެވެ.

އަދި ސައިކަލް ދުއްވި ބިދޭސީ މީހާއާއި މެދު ޓްރެފިކް ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާފައިވާ ކަމަށެވެ. ފުލުހުން ބުނީ ދުއްވަން އިން މީހާ ޖޫރިމަނާކުރި ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯ އިން ފެންނަ ގޮތުގައި، މާލޭގެ އެންމެ ކާރުބާރު ބޮޑު މަޖީދީ މަގުން ސައިކަލެއްގައި 4 މީހަކުން އަރުވައިގެން ދިޔައީ ބިދޭސީ މީހެކެވެ. އަދި އެ ސައިކަލުގައި ތިބި ހަތަރު މީހުންނަކީ ދެމަފިރިންނާއި އެމީހުންގެ ދެ ކުޑަކުދިންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް