މާލޭގައި މެރުއާނާ ގަސްތަކެއް ހައްދައިގެން އުޅުނު އިތުރު މީހަކު ހައްޔަރުކޮށް މުއްދަތު ޖަހައިފިއެވެ.
ފުލުހުންބުނީ، މާލޭގެ ގެއެއްގައި މެރުއާނާ ގަސްތަކެއް ހައްދައިގެން ގެންގުޅުނު މައްސަލައެއްގައި އިއްޔެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މިދިޔަ ހަފްތާގައިވެސް އެފަދަ މައްސަލައެއްގައި މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ގްރީންހައުސެއްގައި މެރުއާނާ ހައްދަމުން އައި މައްސަލާގައި ހައްޔަރުކޮށް ބަންދަށް މަސްދުވަހުގެ މުއްދަތު ކޯޓުން ދީފައި ވަނީ މުހައްމަދު ޝަމްޢޫން ކިޔާ 30 އަހަރުގެ މީހަކަށެވެ. އޭނާގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުވެސް ފުލުހުންވަނީ ކޮށްފައެވެ.
ޝަަމްޢޫންގެ ބަންދު އަމުރުގައިވާ ގޮތުން ފުލުހުން ވަނީ އޭނާ މަސްތުވާތަކެތީގެ ވިޔަފާރި ކުރާތަން ބަލައި ފާސްކޮށް، އެތަނުން މަސްތުވާތަކެތީގެ އިތުރުން، އެތަކެތީގެ ވިޔަފާރީގެ ބޭނުމަށް މިނެކިރައި ބަންދު ކުރުމަށް ބޭނުން ކުރާ ބައެއް އާލާތްތައް ހޯދާފައެވެ. އަދި އެތަނުގައި ހަދާފައިހުރި ގްރީންހައުސެއްގެ ތެރެއިން ހައްދާފައިވާ މެރުއާނާ ދެ ގަސް ފެނިފައިވާ ކަމަށް އަމުރުގައިވެއެވެ.
އޭގެއިތުރުން 76،100 ރުފިޔާ އާއި މަސްތުވާތަކެތި ހުރިކަމަށް ބެލެވޭ ބައެއް ޕެކެޓްތަކުން ޝައްމޫންގެ އިނގިލީގެ ނިޝާން ވެސް ފެނިފައިވާ ކަމަށް ބަންދު އަމުރުގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު