ވަގު ޑޮލަރު ބޭނުންކޮށްގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށް މުއްދަތު ޖަހައިފިއެވެ.
މ. މޮޑަންހައުސް އުމުރުން 28 އަހަރުގެ އަހްމަދު ނަޒީހް އިސްމާއީލް ހައްޔަރު ކުރީ ވަގު ޑޮލަރު ބޭނުންކޮށްގެން އައިފޯނެއް ގަތް މައްސަލައެއްގައި ކަމަށް އޭނާގެ ބަންދު އަމުރުގައިވެއެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 30 ދުވަސް ޖަހައިފައެވެ.
ނަޒީހްގެ މައްޗަށް ފުލުހުން ކުރަނީ މަކަރާއި ހީލަތް ހެދުމާއި، ފޯޖު ކުރުމާއި، މަނީ ލޯންޑަރިން އާއި ކައުންޓާ ޓެރަރިޒަމްގެ ތުހުމަތެވެ. ބަންދު އަމުރުގައިވާ ގޮތުން ފުލުހުން ވަނީ އޭނާއާ ދެކޮޅަށް އެކަށީގެންވާ ހެކި ކޯޓަށް ހުށައަޅާފައެވެ.
އެގޮތުން ފޯނު ގަތުމުގެ މުޢާމަލާތުގެ ވީޑިއޯ ފުޓޭޖާއި، ފޯނު ގަތުމަށް އޭނާ ދިން ވަގުޑޮލަރު ނޫޓުތައް ވެސް ފުލުހުންގެ އަތުގައި އެބަހުއްޓެވެ.
އެހެންކަމުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޯޓުން ވަނީ އޭނާ 30 ދުވަހަށް ބަންދު ކޮށްފައެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވަގު ޑޮލަރުން ވިޔަފާރި ކުރަމުންދިޔަ ބަޔަކު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެސް ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަހަރު ދައުރުވަމުންދާ ޑޮލަރުތަކަކީ އެމެރިކާގެ 100 ނޫޓުގެ ޑޮލަރާއި އެއްގޮތަށް އުތުރު ކޮރެއާގައި އުފައްދާފައިވާ ނޫޓުތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު