މުދަލާއެކު މާލެއިން ދަތުރުކުރަމުންދިޔަ ބޯޓެއް ފެތިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ އަޑިއަށް ގޮސްފައިވަނީ "އާލާ" ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ. މާލެއިން ފުރައިގެން 15 މީހުންނާއެކު ރ.އަތޮޅަށް ދަތުރުކުރަމުންދިޔަ "އާލާ" ނަމަކަށް ކިޔާ ބޯޓަކަށް ދިޔަވަމުން ދާތީ އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވަނީ މިއަދު ހެނދުނުއެވެ.
ބޯޓަށް ދިޔަވާކަމުގެ ރިޕޯޓް ކޯސްޓްގާޑަށް ލިބުނީ މިއަދު ފަތިހު 05:22 ހާއިރުއެވެ. މި ބޯޓުން 15 މީހުން ދަތުރުކުރިއެވެ. އަދި އެ އެންމެން ވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑްގެ ސީ އެމްބިއުލާންސަށް ނަގާފައެވެ.
މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، ބ. އޭދަފުށީގެ ދެކުނުން 2.5 ނޯޓިކަލް މޭލު ބޭރުގައި އޮތް މި ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބ. އޭދަފުށީގައި އޮންނަ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑްގެ ސީ އެމްބިއުލާންސް ވަނީ އެ ސަރަހައްދަށް ދަތުރުކޮށްފައެވެ. ހަމައެއާއެކު، ޅ. މާފިލާފުށިން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ވެސް ހަރަކާތްތެރިވެފައިވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ހާނިއްކައެއް ނުވި ނަމަވެސް، ބޯޓުގައި ހުރި ހުރިހާ މުދަލާއެކު ބޯޓު ވަނީ އަޑިއަށް ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު