ދޮޅުލައްކަ ރުފިޔާގެ މުދަލާއެކު ފިލި ޓެކްސީއެއް ފުލުހުން ހޯދައިފިއެވެ.
ފުލުހުން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ކިއުގައިއޮތް ޓެކްސީ އަކަށް ދޮޅުލައްކަ ރުފިޔާގެ އިލެކްޓްރޯނިކް ސާމާނު އެރުވުމުން އެ މުދާ ހިފައިގެން ޓެކްސީ ފިލި މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ސީސީޓީވީ ފޫޓޭޖް ބަލައިގެން އެ ޓެކްސީ ހޯދައި، މުދާތައް ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ރައްޔިތުންނަށް ކަމެއް ދިމާވާ ހިނދު ދިވެހި ފުލުހުން ތިބޭނީ އެހީތެރިކަން ފޯރުކޮދިނުމުގައި އަބަދުވެސް ރައްޔިތުންނާ އެންމެ ގާތުގައި ކަމަށެވެ.
މިމައްސަލައާއި ގުޅިގެން ޓެކްސީ ޑްރައިވަރުގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތު ފުލުހުން ކުރާކަމެއް ނުވަތަ ނޫންކަމެއް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު