ހުޅުމާލޭގައި ބިދޭސީން ކުރަމުންދާ އިހުތިޖާޖް
ހުޅުމާލޭގައި ބިދޭސީން ކުރަމުންދާ އިހުތިޖާޖް
ހުޅުމާލޭގައި ބިދޭސީން މުޒާހަރާކޮށް، އެކަން ކޮންޓްރޯލް ކުރަން ދިޔަ ފުލުހުންނާ ބިދޭސީން ކުރިމަތި ލައިފިއެވެ.

ހުޅުމާލޭގައި ބިދޭސީންތަކެއް އިހުތިޖާޖު ކުރަމުން ދާއިރު ފުލުހުން ވެސް އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ. މައުލޫމާތު ލިބޭގޮތުގައި މުޒާހަރާ ކުރަމުން ދަނީ ފުލުހުންނާއި، ސިފައިންގެ ފްލެޓުތައް ހަދަމުންދާ އައިލެންޑް އެކްސްޕާޓު ކުންފުނީގެ ބިދޭސީންތަކެކެވެ. މި ކުންފުނީގެ ބިދޭސީންގެ އިތުރުން، އެހެން ބިދޭސީންތަކެއް ވެސް އެ މީހުންނާ އެކު އިހުތިޖާޖު ކުރަމުންދާ ކަމަށް މައުލޫމާތުލިބެއެވެ.



ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ބިދޭސީންނާއި، ފުލުހުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއްވެސް ވަނީ ހިނގާފައެވެ.



ބިދޭސީންތަކެއް ހުޅުމާލޭގައި އިހުތިޖާޖު ކޮށްފައި ވާއިރު، މިދިޔަ ބުރާސްފަތި ދުވަހު، ބ އަތޮޅުގައި ތަރައްގީކުރާ ރިސޯޓެއް ކަމަށްވާ ބޮޑުފިނޮޅުގައި މަސައްކަތްކުރާ، ބިދޭސީންތަކެއް ވަނީ ދިވެހިން ރަހީނުކޮށް ހަމަނުޖެހުން ހިންގާފައެވެ. އެ ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުންވަނީ 19 ބިދޭސީން ހައްޔަރުކޮށްފައެވެ.

މީގެ އިތުރުން މިއަދު ޒިކުރާ މިސްކިތް ކައިރީގައިވެސް ބިދޭސީން ވަނީ ހަމަނުޖެހުމެއް ހިންގާފައެވެ. ސޯޝަލް މީޑިއާގައި ދައުރު ވަމުންދާ ވިޑިއޯ އިން ފެންނަ ގޮތުގައި މި ހަމަނުޖެހުން ކޮންޓްރޯލް ކޮށްފައިވަނީ އެ ސަރަޙައްދުގައި ޙަރަކާތްތެރިވި އެންއެންޑީއެފްގެ ބޭކަލެކެވެ.



ފުލުހުން ބުނީ، ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތާ ހަވާޅުވެފައިވާ ރިޒް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް، ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީއާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ މިހާރު ބަލަމުން ގެންދާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


6

ތިމަންނަ

07-Jul-2020

ބިއުޓީ އިން ދަ ބައުންޓީ ބަގުލާދޭސް މީހުންގެ ބަލާ ބޮޑީ ެެުެެުެެުެެުެެުެެުެެުެެުެެުެެުެެުެެުެެުެެުެެުެެުެުެެުެެުެެުެެުެެުެެުެެުެެުެުެެުެެުެެުެެުެެުެެެުެެުެެުެުެެުެެުެެުެެުެެުެެެެުެެުެެުެުެެުެެުެެުެެުެެުެެެެެުެެުެެުެުެެުެެުެެުެެުެެުެެ


8

ޒަރީރު

06-Jul-2020

މި މަދު ކުރަނީ ހައްޔަެަށް ގެންގޮސް ތަޅަންވީ



ޓްރެންޑިން