ސަން އައިލެންޑް ރިސޯޓުން ކުނި ބަރުކޮށްގެން ހުޅުމާލެއަށް ދަތުރުކުރި ދޯންޏެއްގެ އިންޖީނުގޭގެ ޑީސަލް ޓޭންކުގައި ރޯވި އަލިފާން އެމްއެންޑީއެފް ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ސިފައިން ނިއްވާލައިފިއެވެ.
އެމްއެނޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ 03:51 ހާއިރު ކަމަށެވެ. ޙާދިސާގެ ރިޕޯޓް ލިބުމާގުޅިގެން އެމްއެންޑީއެފް ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ސިފައިން، ރޭ 03:55 ހާއިރު އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަަސައްކަތް ފެށިކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.
"ސީއެމްއެފް-2 ނަމަކަށް ކިޔާ އެ ދޯނީގެ ޑީސަލް ޓޭންކުގައި އަލިފާން ރޯވީ، ހުޅުމާލެ ފިއުލް ސަޕްލައި މޯލްޑިވްސްގެ ހުޅަނގަށް އޮންނަ ބަނދަރަށް ވަންނަނިކޮށެވެ. އަދި އަލިފާން ރޯވުމުން، އެ ވަގުތު އާންމުންގެ އެހީތެރިކަމާއެކު އެ ދޯނި އެ ދިމާލު ބަނދަރަށް ގާތްކުރުމަށް ފަހު، އެމްއެންޑީއެފް ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ސިފައިން ވަަނީ ފޯމް ބޭނުންކޮށްގެން ރޭ 04:48 ހާއިރު އަލިފާން ނިއްވާލާފައެވެ.” އެމްއެންޑީއެފުން ހާމަކޮށްފައިވެއެވެ.
އެމްއެންޑީއެފުން ބުނީ ދޯނީގެ އިންޖީނުގެ ޑީސަލް ޓޭންކުގެ އިތުރުން ކުނީގެ ގޮތުގައި މި ދޯނީގައި ހުރި ބައު ދަނގަޑާއި ޓައިރާއި ލަކުޑިފަދަ ތަކެތީގައި ވެސް ރޯވި ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު