ގދ. ގައްދޫ މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓުކަމުގެ މަގާމުގައި ކުރިން ހުންނެވި، މުހައްމަދު ޝަނީޒް އަބްދުﷲ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކޮށްފިއެވެ.
ޖޭއެސްސީން މިއަދު ބުނީ ޝަނީޒް ހައިކޯޓަށް އައްޔަން ކުރުމުން އެކޯޓުގެ ބެންޗު މިހާރު ވަނީ ފުރިހަމަވެފައި ކަމަށެވެ. ޝަނީޒް ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރަން ނިންމީ، މިދިޔަ މަހުގެ 24 ގައި ބޭއްވި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ބައްދަލުވުމުގައެވެ.
ޖޭއެސްސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޝަނީޒަށްވަނީ މަޤާމުގެ ފަތްކޮޅު އަރުވާފައެވެ. މި ރަސްމިއްޔާތުގައި ކްރިމިނަލް ކޯޓަށް އާއިޝަތު ނުޒުހާ އަދި ގއ. ވިލިނގިލީ ކޯޓަށް އައިޝަތު ޝިހާބު ވެސް އައްޔަންކޮށްފައިވެ އެވެ.
ހައި ކޯޓުގެ ބެންޗުން ދެ މަގާާމެއް ހުސްވީ، އެ ކޯޓުގެ އިސް ފަނޑިޔާރުކަން ކުރެއްވި ހާތިފް ހިލްމީ އާއި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އާއި ރިޓަޔާ ކުރެއްވުމުންނެވެ.
ޝަނީޒް ވަނީ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ބެޗެލާސް އިން ޝަރީއާ އެންޑް ލޯ އަދި ވިލާ ކޮލެޖުން މާސްޓާސް އޮފް ޝަރީއާ އެންޑް ލޯ ހާސިލުކުރައްވައިފަ އެވެ. އަދި އޭނާ ވަނީ ފާއިތުވި ނުވަ އަހަރު ޝަރުއީ ދާއިރާއަށް ހިދުމަތްކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު