ގއ. ވިލިނގިލިން ގެއްލިގެން ހޯދަމުންދިޔަ އަހްމަދު އައްސަދު ފަޅު ގެއެއްގައި ފިލާ އޮށްވާ ރަށު ރައްޔިތުންގެ މަސައްކަތުން ހޯދައިފިއެވެ.
އައްސަދު ފެނިފައިވަނީ ރޭ މެންދަމު ތިނެއް ޖެހިފަހުން އޭނާގެ އާއިލާ މެންބަރެއްގެ ގޭތެރެއިންނެވެ. އެ ގެއަކީ މިހާރު ބިދޭސީން ދިރިއުޅެމުން އަންނަ ގެއެކެވެ.
އޭނާގެ ހާލުވެސް ރަނގަޅު ކަމަށް މަޢުލޫމާތުލިބެއެވެ.
އައްސަދު ގެއްލިގެން ފުލުހުންނާއި ރަށުގެ ކައުންސިލާއި ރަށުގެ ރައްޔިތުން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ. އެގޮތުން އޭނާއަކީ ކޮންޓްރެކްޓް މަސައްކަތް ކުރާ މީހަކަށްވާތީ އޭނާގެ މަސައްކަތު ސައިޓްވެސް ރައްޔިތުން ވަނީ ބަލާފައެވެ.
އެސައިޓުން މީހަކު އަމިއްލަ ހަށިގަނޑަށް ގެއްލުން ދިނުމަށް ތައްޔާރުކޮށްފައިވާކަމަށް ބެލެވޭ ސެޓަޕެއް ވަނީ ފެނިފައެވެ. ފުލުހުން މިހާރުވަނީ އެސައިޓް ބަންދުކޮށްފައެވެ.
މި ހާދިސާ އާއި ގުޅިގެން ފުލުހުން އަދި އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު