މާލޭ ގެއެއްގެ ތެރޭގައި ރަހީނުކޮށްފައި ތިއްބައި ސަލާމަތްކުރި 3 ދިވެހި ފިރިހެނުން ފަރުވާއަށްފަހު އައިޖީއެމްއެޗުން ދޫކޮށްލައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ތިން މީހުން ރަހީނުކޮށްފައި ހަތް ދުވަސް ވަންދެން ބައިތިއްބާފައިވާއިރު ކާން ދީފައިވަނީ ވެސް ދުވާލަކު އެންމެ ފަހަރަކުއެވެ.
ރަހީނުކޮށްފައި ތިބި 3 މީހުންނަށް އެކިވަރުގެ އަނިޔާ ކޮށްފައިވާ ކަމަށާއި، އެމީހުން ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދިނެވެ. އައީޖީއެމްއެޗުން ބުނީ އެ ތިން މީހުންގެ ހާލުވެސް ރަނގަޅު ކަމަށާއި ތިން މީހުންވެސް ފަރުވާއަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.
ފުލުހުން އިއްޔެ ބުނީ އެމީހުން ސަލާމަތް ކޮށްފައިވަނީ، ހެންވޭރު އަބަދަށް އުފާ މަގުގައި ހުރި ގެއެއްގެ ތެރޭގައި ރަހީނުކޮށްފައި ތިއްބައިކަމަށެވެ. ފުލުހުން އެގެއަށް ވަދެފައިވަނީ ބާރުގެ ބޭނުންކޮށްގެނެވެ.
އެމީހުން ރަހީނުކޮށް އަނިޔާކުރި މައްސަލައާއި ގުޅިގެން ދިވެހި ފިރިހެނަކާއި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.
ފުލުހުންބުނީ އެމައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު