އައިޖީއެމްއެޗް ކައިރީގައި ހުންނަ އޭޓީއެމް އަކަށް ގެއްލުން ދީފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އައިޖީއެމްއެޗް އޯޕީޑީ ފަޅީގައި ޤާއިމުކޮށްފައިވާ ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިން ސެންޓަރުގައި ހުންނަ ތިން އޭޓީއެމް މެޝިންގެ ތެރެއިން އެއް މެޝިނަށް ގެއްލުން ދީފައިވަނީ ރޭގެ ފަތިހުގެ ވަގުތެއްގައި ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު “ރަސް އޮންލައިން” އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އޭޓީއެމަށް ގެއްލުންދީފައިވާ ކަމުގެ ރިޕޮޓް ފުލުހުންނަށް ލިބުނީ ފަތިހު 5:11 ގައި ކަމަށެވެ.
މައްސަލައިގެ ތުހުމަތުގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިވާކަން ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މި މައްސަލަ ތަހުގީގުކުރަމުން ދާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު