ފުލުހުންގެ މައި އިދާރާ. ޝަހީދު ހުސައިމް އާދަމް ބިލްޑިންގ
ފުލުހުންގެ މައި އިދާރާ. ޝަހީދު ހުސައިމް އާދަމް ބިލްޑިންގ
ރާއްޖޭގެ ކުށުގެ ތަފާސްހިސާބުތަކާ ގުޅިގެން ފުލުހުން ޢާންމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު ފާއިތުވި 6 މަސްދުވަހުވެސް އެންމެ ގިނައީ ވައްކަމުގެ މައްސަލަތައްކަން ހާމަވެއްޖެއެވެ.

ފަހަކަށްއައިސް ފުލުހުން ޢާންމުކުރާ ކުށުގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި އެންމެ އިތުރުވެފައިވަނީ އަދި އިތުރުވަމުންދަނީވެސް ވައްކަމުގެ މައްސަލަތައްކަން ފާހަގަކުރެވެއެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުވެސް އެންމެ ގިނައީ ވައްކަމުގެ މައްސަލައެވެ.

އެގޮތުން މިދިޔަ 6 މަސްދުވަހު ވައްކަމުގެ 1502 މައްސަލަ ހުށަހަޅާފައިވެއެވެ. މިއީ މިިދިޔަ އަހަރުގެ މިމުއްދަތާ އަޅާ ބަލާއިރު 1169 މައްސަލައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވަނީ ވައްކަމުގެ 333 މައްސަލައެވެ. މިއަހަރު ދެވަނައަށް އެންމެ ގިނައީ ޓްރެފިކްގެ މައްސަލަތަކެވެ. ޓްރެފިކް އެކްސިޑެންޓުގެ 1021 މައްސަލަ މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ހުށަހަޅާފައިވެއެވެ.

އިތުރު މައްސަލަ ތަކަށް ބަލާއިރު، މަސްތުވާތަކެއްޗާއި ގުޅޭ 908 މައްސަލައާއި އެއްޗެހި ގެއްލިގެން ހުށަހެޅި 754 މައްސަލައާއި މަކަރާއި ހީލަތް ހެދުމުގެ 318 މައްސަލައާއި އަނިޔާކުރުމުގެ 287 މައްސަލައާއި މުދަލަށް ގެއްލުންދިނުމުގެ 248 މައްސަލައާއި ފޭރުމުގެ 137 މައްސަލައާއި ޖިންސީ ގޯނާގެ 136 މައްސަލައާއި ގެވެށި އަނިޔާގެ 103 މައްސަލައާއި ފޯޖް ކުރުމުގެ 60 މައްސަލައާއި ޗެކް ބައުންސްވުމުގެ 7 މައްސަލަ މިދިޔަ 6 މަސްދުވަހުގެތެރޭގައި ފުލުހުންނަށް ހުށަހަޅާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން