ވަގު ސެޓްފިކެޓް އުފެއްދި މައްސަލައެއްގައި ރާއްޖޭގައި މަސައްކަތްކުރި އިންޑިއާ ޓީޗަރަކު އެޤައުމަށް ދިޔުމުން ހައްޔަރުކޮށްފިއެވެ.

އަބީން ސީ ރާޖް ވަނީ އިންޑިއާގައި ގިނަ އަދަދެއްގެ މީހުންނަށް ފޭކް ޑިގްރީ ސެޓްފިކެޓް ހަދައިދީފައި ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. އޭނާ މަސައްކަތް ކުރަމުންދިޔައީ މާލޭގެ ސްކޫލެއްގެ ޓީޗަރެއްގެ ގޮތުގައެވެ.

މި މައްސަލަ ރާއްޖޭގެ ސަމާލުކަމަށް އައީ އިންޑިއާގެ ފުލުހުން އޭނާ ހޯދުމަށް ބްލޫ ނޯޓިސް ނެރުމުންނެވެ. އެގޮތުން ތަޢުލީމާބެހޭ ވުޒާރާއިން ވަނީ އޭނާގެ ވިސާ ކެންސަލްކޮށް ވަޒީފާއިން ކަނޑާލައި ޤައުމަށް ފޮނުވާލާފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ދިއުމުން، އެއާޕޯޓުން ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން