ޤައުމީ ޔުނިވަސިޓީގެ ލެކްޗަރާ އަލީ ހަފީޒް އިތުރު ފަރުވާއަށް އިންޑިއާ އަށް ފުރުވާލައިފިއެވެ.
ހަފީޒުގެ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް އެއަރ އެމްބިއުލާންސެއް ޗާޓަރ ކުރުމަށް ފައިސާ އެއްކުރުމުގެ މަސައްކަތް އާއިލާއިން މީގެ ކުރިން ވަނީ ކޮށްފައެވެ. އެއަރ އެންބިއުލެންސެއްގައި އޭނާ އިންޑިއާއަށް ގެންދިއުމުގެ ކަންކަން ހަމަޖެހުނީ އިއްޔެ އެވެ.
އިންޑިއާގެ ކޮޗިން ހޮސްޕިޓަލްގައި އަލީ ހަފީޒަށް ފަރުވާ ދިނުމަށް ހަމަޖެހިފައިވާއިރު އިންޑިއާއަށް ފުރުވާލުމާ ހަމައަށް އޭނާއަށް ފަރުވާ ދިނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައެވެ. އޭނާގެ ޙާލު ސީރިއަސް ކަމަށް މަޢުލޫމާތު ލިބެއެވެ.
ޢަލީ ހަފީޒަށް އަނިޔާވީ ފަތިސް ނަމާދުކޮށްގެން މަޖީދީ މަގުން ގެއަށް ދަނިކޮށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލުން ޖެހިގެންނެވެ. އެ ސައިކަލް ދުއްވި ޒުވާނާ ފުލުހުން މިހާރުވަނީ ހައްޔަރު ކޮށްފައެވެ.
މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު ފަތިހު މަޖީދީމަގުގައި ހިނގި އެކްސިޑެންޓާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 3 ވަނަ ދުވަހު ހައްޔަރުކުރީ 22 އަހަރުގެ ދިވެހި ޒުވާނެކެވެ. އެޒުވާނާގެ އަތުގައި ލައިސަންސެއް ނޯންނަކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު