24 ދަޅު ބަނގުރަލާ އެކު މާލެއިން ދެ ދިވެހިން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހުޅުމާލެއިން މާލެއަށް ކާރެއްގައި ބަނގުރާ އެތެރެކުރާ ކަމަށް ފުލުހުންނަށް ރޭ ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެގޮތުން މާލެއަށް އެކާރު އައުމުން، ބުރިޖާ ހިސާބުން ކާރު ހުއްޓުމަށް ތަކުރާރުކޮށް ފުލުހުން އެންގުމުންވެސް ކާރު މަޑުނުކޮށް ދިއުމުން ގަލޮޅު ޕޮލިހުގެ ފުލުހުން އެ ކާރު ފަހަތުން ގޮސް ކާރު ހުއްޓުވާފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ކާރު ހުއްޓުވާފައިވަނީ ސީގަލް ކަންމަތިން ކަމަށާއި ކާރުގައި ތިބި 21 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
“ކާރު މަޑުކުރަން ފުލުހުން އެންގުމުން މަޑުނުކޮށް ގޮސް، އެ މީހުން ގެންގުޅުނު ކޮތަޅެއް ފިލިގަސް މަގަށް ވަނީ އެއްލައިލާފައެވެ. އެ ކޮތަޅު ބަލައިފާސްކުރި އިރު 24 ދަޅު ބަނގުރާ ފެނިފައިވެއެވެ.” ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓުން ގެންދަނީ އެމައްސަލަ ތަހުގީގު ކުރަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު