އިދިކޮޅު ކޯލިޝަނުން އިއްޔެ ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރީ ފުލުހުންނާ ދިމާލަށް އެއްޗެއް އެއްލި މީހެއްކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނީ މުޒާހަރާ ކުރިއަށްދިޔަ ވަގުތު އެސަރަޙައްދުގެ ފޮޓޯއެއް ނަގައިގެން މީހަކު ހައްރުކުރިކަމަށް ބުނެ ފަތުރަނީ އެއްވެސް ޙަޤީޤަތެއްނެތް ވާހަކަތަކެއް ކަމަށެވެ. އަދި ހައްޔަރުކުރި މީހާ ހުރީ ކުޑަކުއްޖެއް ގޮވައިގެންކަމަށްބުނެ ފަތުރާ ވާހަކަތައްވެސް ފުލުހުން ވަނީ ދޮގުކޮށްފައެވެ.

ކުޑަކުއްޖެއްގެ ހާޒިރުގައި އެ ކުއްޖާގެ ބެލެނިވެރިޔާ އަނިޔާވެރިގޮތަކަށް ހައްޔަރުކުރި ކަމަށް ބުނެ ފުލުހުންނަށް ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށް ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ މުޒާހަރާ ކުރިތަނުގައި ތިބި ފުލުހުންގެ ސަފު ކުރިމައްޗަށް އައިސް ފުލުހުންނާއި ދިމާއަށް އެއްޗެއް އެއްލި މައްސަލައިގައި ކަމަށެވެ.

“އަދި އެއިރު އޭނާ ކައިރީ ކުޑަ ކުއްޖަކު ފެންނަން ނެތްކަން ފާހަގަ ކޮށްލަން.” ފުލުހުން ބުނެފައިވެއެވެ.



އެމީހާ ހައްޔަރުކުރީ ސައިކަލެއްގައި ކުޑަކުއްޖަކާއި އެކު ދަނިކޮށް ކަމަށާއި އޭނާ ހައްޔަރު ކުރީ ފޮޓޯއެއް ނެގުމުންކަމަށް ބުނެ ޕީޕީއެމް/ޕީއެންސީ އިން ވަނީ ބަޔާނެއްވެސް ނެރެފައެވެ.

މީސްމީޑިއާގައި ޢާއްމުވެފައިވާ ވީޑިއޯއެއްގައިވެސް އެމީހާ ހައްޔަރުކޮށް ވެހިކަލަށް އެރުވި ވަގުތު އެތަނުގައި ކުޑަކުއްޖަކު ހުންނަތަން ފެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން