މަދްރަސަތުލް އަމީރު އަހުމަދު ޕްރީސްކޫލުގެ ކުރީގެ ޕްރިންސިޕަލް، ޚަދީޖާ ހުސައިން ނިޔާވުމަކީ މުޅި ތަޢުލީމީ ޢާއިލާއަށް ލިބުނު ފުން ހިތާމައެއް ކަމަށް ތަޢުލީމީ ވުޒާރާއިން ހާމަކޮށްފިއެވެ.
ޚަދީޖާ ނިޔާވުމާ ގުޅިގެން ތަޢުލީމީ ވުޒާރާއިން ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވަނީ މ. ކޮޅުފުށީ ދިލްބަހާރުގޭ ޚަދީޖާއަކީ ތައުލީމީ ދާއިރާއަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭކަނބަލެއް ކަމަށެވެ.
ޚަދީޖާ ވަނީ މަދްރަސަތުލް އަމީރު އަހުމަދު ޕްރީސްކޫލުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި އެ ސްކޫލުގެ މުދައްރިސްކަމާއި، ލީޑިންގ ޓީޗަރުކަމާއި، ޕްރިންސިޕަލްގެ މަގާމުވެސް އަދާކުރައްވާފައި ކަމަށް ތަޢުލީމީ ވުޒާރާއިން ވަނީ ބުނެފައެވެ. ހަމައެއާއެކު މުޙައްމަދު ޤާސިމް ޕްރީ ސްކޫލްގެ ފުރަތަމަ ޕްރިންސިޕަލަކީވެސް ޚަދީޖާކަން އެވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
“ޚަދީޖާއަކީ ދަރިވަރުންނާއި، ބެލެނިވެރިންނާއި، އެކުގައި މަސައްކަތްކުރި ފަރާތްތަކުގެ ލޯތްބާއި އިތުބާރު ހޯދާފައިވާ ޓީޗަރެކެވެ. ޚަދީޖާ އަވަހާރަވުމަކީ މުޅި ތައުލީމީ އާއިލާއަށް ލިބުނު ފުން ހިތާމައެކެވެ.” ތަޢުލީމީ ވުޒާރާގެ ތަޢުޒިޔާގެ މެސެޖުގައިވެއެވެ.
ޚަދީޖާ ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިއްޔެގެ ވަގުތެއްގައެވެ.

ތަޢުޒިޔާގެ މެސެޖު pic.twitter.com/8f8Y9jajSW
— Ministry of Education (@MoEdumv) July 7, 2023
ޚަދީޖާ ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިއްޔެގެ ވަގުތެއްގައެވެ.
ކިޔުންތެރިންގެ ހިޔާލު