ފުލުހުންގެ ބައެއް އޮފިސަރުން މަސައްކަތުގައި ހަރަކާތްތެރިވަނީ
ފުލުހުންގެ ބައެއް އޮފިސަރުން މަސައްކަތުގައި ހަރަކާތްތެރިވަނީ
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބައެއް ޑިޕާޓްމަންޓްތަކުގެ އިސްމަޤާމުތަކަށް ބަދަލު ގެނެސްފިއެވެ.

މި ގެނައި ބަދަލުގެ ތެރޭގައި ރިސޯސް މެނޭޖްމަންޓުގެ ހެޑްގެ މަޤާމަަށް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. ޢަބްދުﷲ ފައިރޫޝް އައްޔަންކުރެއްވުމާއި، ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑުގެ ހެޑްގެ މަޤާމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު އައްޔަންކުރެއްވުމުގެ އިތުރުން ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑުގެ ނޮދަރން ޑިވިޜަންގެ ހެޑްގެ މަޤާމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް އަބްދުﷲ އައްޔަންކުރެއްވުން ހިމެނޭ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފައި ވެއެވެ.



ރިސޯސް މެނޭޖްމަންޓުގެ ހެޑްގެ މަޤާމަަށް އައްޔަންކުރެއްވި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ކުރިން ހުންނެވީ ކޯވިޑް-19 އޮޕަރޭޝަނާއި ގުޅިގެން ވަގުތީ ގޮތުން މާލެ ސަރަހައްދު ހިމެނޭ ސެންޓްރަލް ޕޮލިސިންގ ކޮމާންޑުގެ ހެޑްގެ ގޮތުގައެވެ. އަދި ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑުގެ ހެޑްގެ މަޤާމަށް އައްޔަންކުރެއްވި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު ކުރިން ހުންނެވީ ރިސޯސް މެނޭޖްމަންޓްގެ ހެޑްގެ މަގާމުގައެވެ.

ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑުގެ ނޮދަރން ޑިވިޜަންސްގެ ހެޑްގެ މަގާމަށް އައްޔަންކުރެއްވި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް ޢަބްދުﷲ ކުރިން ހުންނެވީ ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑުގެ ދަށުން ހިންގަމުންއައި ޑިވިޜަނަލް އޮޕަރޭޝަން ކޮމާންޑްގެ ސަޕޯރޓް ސާރވިސްގެ ހެޑްގެ މަޤާމުގައެވެ.

މީގެއިތުރުން، ކޯވިޑް-19 އާގުޅިގެން އެންއީއޯސީގައި ފުލުހުން އަދާކުރަމުންދިޔަ ދައުރު ނިމުމާ ގުޅިގެން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ވަނީ ކުރިންވެސް ހުންނެވި ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ ހެޑްގެ މަގާމަށް އައްޔަންކުރައްވާފައެވެ. އަދި ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ ދަށުން ހިންގަމުންދާ މާލޭ ސިޓީ ޕޮލިސްގެ ހެޑްގެ މަގާމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވަނީ އައްޔަން ކުރައްވާފައެވެ.

މި ބަދަލުތައް ގެނެސްފައި މިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޓްރެޓިޖިކް ޕްލޭން 2019 އިން 2023 ގެ ދަށުން ސްޓްރެޓީޖިކް ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން