ށ. ކޮމަންޑޫއަށް ތެޔޮ އަންލޯޑުކުރަމުން ދަނިކޮށް ފިއުލް ސަޕްލައި މޯލްޑިވްސްގެ ތެޔޮ ބޯޓެއް ފަޅައިގެން ގޮސްފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، ތެޔޮބޯޓު ފަޅައިގެންދިޔައީ، ށ. ކޮމަންޑޫއަށް ތެޔޮ އަންލޯޑުކުރަމުން ދަނިކޮށް، އެ ރަށު ޖެޓީގެ ޝީޓް ޕައިލެއްގައި ޖެހިގެން ކަމަށެވެ. ތެޔޮ ބޯޓު ފަޅައިގެން ގޮސް ދިޔަވާން ފެށުމުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ވަނީ އެބޯޓަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބުމާއެކު، އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވަނީ މިއަދު ހެނދުނު 10:00 ހާއިރެވެ.

ޝީޓް ޕައިލްގައި ޖެހި އެފްއެސްއެމްގެ ތެޔޮ ބޯޓުން 8 އިންޗި ވަރުގެ ތަނެއް ފަޅައިގެން ގޮސްފައިވާއިރު، ބޯޓު މިހާރު އޮތީ ށ.މަތިކޮމަންޑޫއަށް ބީއްސާލާފައެވެ.

އަދި، ފަޅައިގެން ގޮސްފައިވާ ތަނުގައި އުނގުރިއެއް ޖަހައިގެން ދިޔަވުން މިހާރު ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން