މާލޭ ގެއެއްގައި ގޭސްފުޅިއެއް ގޮވައި، އަންހެނެއްގެ މޫނު ފިހިއްޖެއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފުން ބުނީ، މ.ދިއްލީވިލާގައި ގޭސް ފުޅިއެއް ގޮވައިގެން އުޅޭ ކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބުމާއި ގުޅިގެން ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ޙަރަކާތްތެރިވެފައިވާ ކަމަށެވެ.

މި ޙާދިސާ ހިނގާފައިވަނީ ގޭސް ލީކުވެފައި ހުއްޓައި އުނދުން ރޯކުރުމުން ކަމަށް ބެލެވޭކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

އުނދުން ރޯކުރި އަންހެން މީހާ ފިހިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އޭނާގެ މޫނު ފިހިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން