އައްޑޫ ސިޓީ ހިތަދޫ ގެއެއްގައި ރޭ ފަތިހު އަލިފާނުގެ ހާދިސާއެއް ހިނގައި، މީހަކު ފިހިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އައްޑޫ ހިތަދޫ ކުޅި ބަލާގޭގައި ރޯވެފައިވާކަމުގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބުނީ، ރޭ ފަތިހު 4:10 ގައި ކަމަށެވެ.

ފުރަތަމަ ރޯވީ އެ ގޭގެ ބަދިގޭގައި ކަމަށާއި އަދި މިއީ ގޭސް ލީކެއް ކަމަށް ބެލެވޭކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މި ހާދިސާގައި ފިހިފައި ވަނީ އެ ގޭގައި ދިިރިއުޅޭ ފިރިހެނެއްކަމަށާއި އޭނާގެ އަތާއި ފައި ފިހިފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

އެގޭގައި ރޯވި އަލިފާން އެމްއެންޑީއެފްގެ ފަޔާ ފައިޓަރުނަށް ނިވާލެވިފައިވަނީ ދޮޅުގަޑިއިރަށްހާއިރު ފަހުންނެވެ. އޭރު ގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން