ހުރިހާ ޓީޗަރުންނަކީ އިސްލާމީ ގިޔުގަނޑަށް ހެދުން އަޅައިގެން ތިބޭ ބަޔަކަށް ވާންޖެހޭކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިމޭރުމުން ވިދާޅުވެފައިވާއިރު ތަޢުލީމާބެހޭ ވުޒާރާއިން ވަނީ މުދައްރިސުންގެ އައު ސުލޫކީ މިންގަނޑު އެކުލަވާލައްވާފައެވެ. އެގޮތުން ކިޔަވައިދޭ ވަގުތު މޫނު ބުރުގާ އެޅުން އެ ޤަވާއިދުގެ ދަށުން ވަނީ މަނާކޮށްފައެވެ.

އެކަމާ ގުޅިގެން ޑރ. އިޔާޒް ވިދާޅުވީ ދަރިވަރުންނަށް އުނގަންނައިދިނުމަށް އަންނަ ފަރާތަކީ ހުރިހާ ގޮތަކުންވެސް ދަރިވަރުންނަށް ނަމޫނާ އަކަށްވާންޖެހޭ ބައެއް ކަމަށެވެ. އަދި އެކަމަށް ނުކުޅެދޭނަމަ, ކުޅެދޭ ފަރާތަކާއި ޙަވާލުކޮށްފައި މަޤާމުން އެއްފަރާތަށް ޖެހިވަޑައިގަތުމަކީ އަންނަން އޮތް ޖީލުތަކުގެ މުސްތަޤްބަލަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށް ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.

“ހުރިހާ ޓީޗަރުންނަކީ އަދި ހުރިހާ ދަރިވަރުންގެ މަންމަ ކަމުގައި ދަޢްވާކުރާ ފަރާތަކީ އިސްލާމީ ގިޔުގަނޑަށް ފެތޭގޮތަށް ހެދުން އަޅައިގެން ތިބޭ ބަޔަކުކަމުގައި ވާންޖެހޭ.” ޑރ. އިޔާޒް ވިދާޅުވިއެވެ.



މުދައްރިސުންގެ ސުލޫކީ މިންގަނޑެއް އެކުލަވާލުމުގެ މަޤްސަދަކީ މުުދައްރިސުންގެ ފަންނީ އަޚްލާޤީ އިޖުތިމާއީ ސުލޫކު ހަރުދަނާކުރުމާއެކު ޒަމާނުއްސުރެ ދިވެހި މުޖުތަމަޢުގައި ތައުލީމީ ދާއިރާއަށް އޮންނަ ގަދަރާއި އިހުތިރާމު އިތުރުކޮށް ދެމެހެއްޓުން ކަމަށް ތަޢުލީމީ ވުޒާރާއިން ވަނީ ބުނެފައެވެ.

އަދި މިއީ ރާއްޖޭގެ ސުކޫލުތަކާއި ސުކޫލުތައް ފިޔަވައި ރާއްޖޭގައި ހިންގާ ތައުލީމުދޭ އެނޫން ތަންތަނުގައި މަސައްކަތްކުރާ ޓީޗަރުންގެ ޒިންމާތަކާއި މަސައްކަތުގެ އަހުލާގު ބަޔާންކޮށްދީ މުދައްރިސުންނަކީ ފަންނީ ގޮތުން ކުރިއަރަމުން އަންނަ ބަޔަކަށް ހެދުމަށް އެކުލަވާލި ގަވާއިދެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން