ކ.ހިންމަފުށީގައި އެހެލާފައި ހުރި ދޯންޏެއްގައި އަލިފާން ރޯވެ އަނދައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފުން ބުނީ މިޙާދިސާގެ މަޢުލޫމާތު ލިބިފައިވަނީ ރޭ 20:20 ހާއިރު ކަމަށެވެ.

ޙާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން ވަނީ އަލިފާން ނިއްވުމަށް ހިއްމަފުއްޓަށް ދަތުރުކޮށްފައެވެ. މިގޮތުން، 21:02 ހާއިރު ހިންމަފުއްޓަށް ގޮސް މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން ކުރި މަސައްކަތުން، ދޯނީގައި ރޯވެފައިވާ އަލިފާން އެއްކޮށް ނިއްވާލާފައިވަނީ 21:30 ހާއިރެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، ހިންމަފުށީ ފުއްޓަރު ފަރާތުގައި އެހެލާފައި އޮތް ދޯނި ވަނީ އެއްކޮށް އަނދާފައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން