ގއ. ވިލިނގިލީގައި 22 އަހަރުގެ އަންހެނަކު ރޭޕް ކުރި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ، ގއ. ވިލިނގިލީގައި 22 އަހަރުގެ އަންހެނަކަށް ޖިންސީގޯނާ ކޮށްފައިވާ މައްސަލައެއް މިމަހުގެ 28 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

‘ރަސް އޮންލައިން’ އަށް މަޢުލޫމާތު ދެއްވަމުން ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ވިލިނގިލީގައި ރޭޕް ކޮށްފައިވަނީ އެ އަތޮޅު ކޮލަމާފުށްޓައް ނިސްބަތްވާ އަންހެނެކެވެ. އޭނާ ރޭޕްކުރީ 4 މީހުންގެ ގްރޫޕަކުން ކަމަށާއި އެމީހުންގެ ސާމްޕަލް ނެގުމަށްފަހު ފުލުހުން ވަނީ އެމީހުން ދޫކޮށްލާފައިކަމަށް މަޢުލޫމާތު ލިބެއެވެ.

ފުލުހުންބުނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން