ގއ. ވިލިނގިލީގައި 22 އަހަރުގެ އަންހެނަކު ރޭޕް ކުރި މައްސަލާގައި 3 މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ، ގއ. ވިލިނގިލީގައި 22 އަހަރުގެ އަންހެނަކަށް ޖިންސީގޯނާ ކޮށްފައިވާ މައްސަލައެއް މިމަހުގެ 28 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

‘ރަސް އޮންލައިން’ އަށް މަޢުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މި މައްސަލައާ ގުޅިގެން މިހާތަނަށް 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ އުމުރުން 20 އަހަރާއި 24 އަހަރާއި 30 އަހަރުގެ ތިން މީހުން ކަމަށް މީޑިއާ އޮފިޝަލް މަޢުލޫމާތު ދެއްވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ވިލިނގިލީގައި ރޭޕް ކޮށްފައިވަނީ އެ އަތޮޅު ކޮލަމާފުށްޓައް ނިސްބަތްވާ އަންހެނެކެވެ.

ފުލުހުންބުނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން