ޤައުމީ ޔުނިވަސިޓީގެ ލެކްޗަރާ އަލީ ހަފީޒަށް އަނިޔާވި އެކްސިޑެންޓްގައި ސައިކަލް ދުއްވި ޒުވާނާ ބަންދުން ދޫކޮށްފައިފިއެވެ.

އެކްސިޑެންޓްގައި އަނިޔާވި ހަފީޒަށް އިންޑިއާގެ ކޮޗިން ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު އޭނާގެ ޙާލު އަންނަނީ ރަނގަޅުވަމުންނެވެ. އިންޑިއާއަށް ފުރުވާލުމާ ހަމައަށް އޭނާއަށް ފަރުވާ ދިނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައެވެ.

މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު ފަތިހު މަޖީދީމަގުގައި ހިނގި އެކްސިޑެންޓާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ޖުލައި މަހުގެ 3 ވަނަ ދުވަހު ހައްޔަރުކުރީ ރ. އިނގުރައިދޫ، ލެގޫން ވިއު، 22 އަހަރުގެ ޝަމްއާން އަބްދުލްޝަކޫރެވެ. އޭނާގެ އަތުގައި ލައިސަންސެއް ނޯންނަކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިއުމުން އެ މައްސަލަ ބެއްލެވި ޤާޟީ އަލީ ނަދީމް ނިންމެވީ، ވެހިކަލް ނުދުއްވުމުގެ އިތުރުން ފުލުހުން އަންގާ ގަޑިއެއްގައި ތަހުގީގަށް ހާޒިރުވުމަށާއި މާލެއިން ބޭރަށް ދަތުރުކުރާނަމަ ލިޔުމުން ހުއްދަ ހޯދައިގެން ނޫނީ ނުދިއުމަށް ޝަރުތު ކުރުމަށްފަހު ބަންދުން ދޫކޮށްލުމަށެވެ.

ޢަލީ ހަފީޒަށް އަނިޔާވީ ފަތިސް ނަމާދުކޮށްގެން މަޖީދީ މަގުން ގެއަށް ދަނިކޮށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލުން ޖެހިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން