އެތެރޭގެ ބޮޑެތި ކޯޅުންތަކަށްފަހު އެންމެފަހުން އިދިކޮޅު ޕީޕީއެމް/ޕީއެންސީން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒުގެ ފަހަތަށް އަރަން ނިންމައިފިއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި މިގޮތަށް ދެޕާޓީން ނިންމީ ރޭ ރައީސް ޔާމީނާއެކު ކުރެވުނު މަޝްވަރާތަކަށްފަހުއެވެ. މި މަޝްވަރާތަކުން ނިންމުނީ އިންތރިޚާބު ބޮއިކަޓްކުރުމުގެ ބަދަލުގައި އިންތިޚާބުގައި ވާދަކޮށްގެން ސަރުކާރު ބަލިކުރާށެވެ. އަދި އިދިކޮޅު ކެންޑިޑޭޓެއްގެގޮތުގައި މިވަގުތު ނެރެން ކަނޑައަޅާފައިވާ ޑރ.މުއިއްޒާއެކު ކުރިއަށް ދިއުމަކީ އެންމެ ރަނގަޅުގޮތްކަމަށެވެ.
އެހެންކަމުން އެގޮތަށް މިހާރުވަނީ ނިންމާފައެވެ. އެހެންނަމަވެސް އަދިވެސް ރައީސް ޔާމީންގެ ކެންޑިޑެސީ ބާޠިލްކުރި މައްސަލައިގެ ޖަޒުބާތުގައި ހިތްހަމަނުޖެހިގެން އިންތިޚާބު ބޮއިކަޓްކުރުމުގެ ރޫޙުގައިތިބި މަދުބަޔަކު ދެޕާޓީގައިވެސް އެބަތިބިކަމަށް މަޢުލޫމާތުލިބެއެވެ.
ސުޕްރީމްކޯޓުގެ ޙުކުމަށްފަހު ރިޔާސީ އިންތިޚާބު ބޮއިކަޓްކުރުމަށް ރައީސް ޔާމީން އެންގެވީ އެމަނިކުފާނަށް ކުރިމަތި ނުލެވޭ ޙާލަތުގައި އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރުމުގެ ވާދަވެރިކަން އެތެރޭގައި ބޮޑުވެ ޕީޕީއެމްގެ ލީޑަރޝިޕުގެ ކޯޅުން ބޮޑުވެގެންކަމަށް މަޢުލޫމާތުލިބެއެވެ. އަދި ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލާގައި ޔާމީނަށް ކުރިމަތި ނުލެވޭ ޙާލަތުގައި ޕީޕީއެމްއަށް އިތުރު ފުރުސަތެއް ދިނުމަށް ހުށަހެޅީވެސް ޔާމީން ބޭނުންވެގެން ނޫންކަމަށް ޚަބަރު ލިބެއެވެ.
ޕީއެންސީ ކެންޑިޑޭޓެއްގެގޮތުގައި ޑރ.މުއިއްޒު ނެރެން ޔާމީން ވަނީ ކުރިން އަންގަވާފައިކަމަށާ، ރަނިންމޭޓަކަށް މުޙައްމަދު ޙުސައިން (ސެމްބެ) ނެރެން އެންގެވީވެސް ޔާމީނުކަމަށް ޚަބަރުލިބެއެވެ. ސެމްބެއަކީ ޔާމީންގެ އަރިސް ބޭފުޅެކެވެ.
އެހެންނަމަވެސް ޔާމީންގެ ބުކުމަށްފަހު ޕީޕީއެމްގެ ލީޑަޝިޕުގެ ބައެއް ބޭފުޅުންގެމެދުގައި ވާދަވެރިކަންބޮޑުވުމުން ޕީޕީއެމުން އިންތިޚާބު ބޮއިކަޓްކުރަން ޔާމީން އެންގެވީކަމަށް މަޢުލޫމާތުލިބެއެވެ. މިމައްސަލަ ހޫނުވެ ދެޕާޓީން ޔާމީނުގެ ވިސްނުމާއެކު ކުރި މަޝްވަރާއިން މުޅިން ގޮތެއް ނިންމުނީ ރޭ ދަންވަރުކަމަށް ޚަބަރުލިބެއެވެ.
މިއާއެކު މިއަދުގެ ވަގުތެއްގައި ޑރ. މުއިއްޒުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ދެޕާޓީގެ ލީޑަޝިޕުން އިލެކްޝަންސް ކޮމިޝަނަށް ދާނެކަމަށް މަޢުލޫމާތު ލިބެއެވެ. މިއަދަކީ ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ އެންމެފަހު ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު