ފޮރެކްސް ޓްރޭޑް ކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް ގިނަވާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ "ހުދާ ހީފަމް" ފަދަ ފޭކް ޕްރޮފައިލްތައް ސޯޝަލް މީޑިއާގައި ފޮރެކްސް ތަޖުރިބާކާރުން ކަމަށް ހެދިގެން އާއްމުންނަށް އޮޅުވާލައިގެން ފައިސާ އިންވެސްޓް ކުރާ ކަމަށެވެ.

އެގޮތުން ސްކޭމަރުންގެ މަޅީގައި ޖެހޭ މީހުންނަށް އޮޅުވާލައި އިންވެސްޓްމަންޓްގެ ނަމުގައި ފައިސާ އަތުލަމުންދާ ކަމަށާއި އެމީހުން މީސް މީޑިއާ ބޭނުންކޮށްގެން މީހުން "ވާވައްދަމުން" ދާކަމަށް ފުލުހުން ބުނެފައިވެއެވެ.

"ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށް ބުނި ކަމުގައި ވިޔަސް އެންމެ ފަހުން ކުރިމަތިލާން ޖެހެނީ ބޮޑު ގެއްލުމަކާ އެވެ." ފުލުހުން ބުނެފައިވެއެވެ.



ފުލުހުން ބުނެފައިވަނީ މިފަދަ ސްކޭމްތަކަށް ސަމާލުވުމަށާއި ސްކޭމްތައް ހިންގާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން