ދިވެހި ސިފައިންގެ އަސްކަރީ ތަމްރީނެއް ކ. ގިރިފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ އެ ސަރަހައްދުން ކަނޑު ދަތުރުފަތުރުކުރާ މީހުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ މި ތަމްރީނުތައް ކުރިއަށްދާނީ މި މަހުގެ 12 އަދި 13 ވަނަ ދުވަހުގެ އިރުއޮއްސި 18:00 އިން ފެށިގެން ރޭގަނޑު 23:59 އަށް ކަމަށެވެ.

މި އަސްކަރީ ތަމްރީނުގައި ގިރިފުށީގެ ފަޔަރިންގ ރޭންޖުން ހުޅަނގު ދެކުނުން ވައިގެ ސަރަހައްދަށް ބަޑިޖަހާނެ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. އެގޮތުން ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިނަކީ 4500 މީޓަރު ކަމަށާއި، ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިނަކީ 200 މީޓަރު ކަމަށް އެމްއެންޑީއެފުން ހާމަކޮށްފައިވެއެވެ.

އަދި މި ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިނަކީ ސީ.ލެވެލް ކަމަށް ބުނެފައިވާއިރު، މި ސަރަހައްދުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން