އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.



ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ އޮގަސްޓް 11 ވަނަ ދުވަހު ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައި ނައްތައިލާފައިވަނީ ތަފާތު 70 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައިވާ ބަނގުރާ ކަމަށެވެ.

އެއީ 302 ފުޅި ބަނގުރަލާއި 779 ދަޅު ބަނގުރާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.



އެގޮތުން ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާ އަދި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން