އިންޓަޕޯލްގެ ސެކްރެޓަރީ ޖެނެރަލް، ޔޯރގަން ސްޓޮކް ދިވެހިރާއްޖެއަށް ރަސްމީ ޒިޔާރަތެއް ކުރަށްވައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ޔޯރގަން ސްޓޮކް ދިވެހިރާއްޖެއަށް ކުރެއްވި މި ޒިޔާރަތުގައި، އޮގަސްޓް 9 ވަނަ ދުވަހު ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއާއި ފުލުހުންގެ އިސްވެރިންނާއި ބައްދަލު ކުރަށްވާފައިވާ ކަމަށެވެ.
“މި ބައްދަލުކުރެއްވުމުގައި، އިންޓަޕޯލާ ގުޅިގެން ކުރާ މަސައްކަތް އިތުރަށް ފުޅާކޮށް ރާއްޖެއާއި އިންޓަޕޯލާ ދެމެދު އޮންނަ ގުޅުން ވަރުގަދަކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.” ފުލުހުން ހާމަކޮށްފައިވެއެވެ.
ފުލުހުން ބުނީ ޔޯރގަން ސްޓޮކް ވަނީ މިމަހުގެ 10 ވަނަ ދުވަހު އިންޓަޕޯލަށް 100 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އިންޓަޕޯލްގެ ބެނާ ކަނޑުއަޑީގައި ދަމައިލުމަށް ބޭއްވި ހަރަކާތުގައި ބައިވެރިވެލައްވާފައި ކަމަށެވެ.
މި ޙަރަކާތުގައި ރާއްޖޭގެ ގާނޫނު ތަންފީޒުކުރާ އިދާރާތައް ތަމްސީލުކުރާ ގިނަ އަދަދެއްގެ މަންދޫބުން ބައިވެރިވި ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު