މަކަރާ ހީލަތުން ފިހާރައަކުން 17000 ރުފިޔާގެ ރާސްޓަސްކުރި ބިދޭސީއަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ އޭދަފުށީ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، ސައްހަނޫން އިންޓަރނެޓް ބޭންކިންގ ސްލިޕްތަކެއް ފޮނުވައި މަކަރާއި ހީލަތުން އޮޅުވާލައިގެން ފިހާރައަކުން 17471 ރުފިޔާގެ ރާސްޓަސްކޮށްފައިވާ މައްސަލައިގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ޗިޓު ރައްދުކުރެވިފައިނުވާ ކަމަށެވެ.
މި މައްސަލާގައި ފުލުހުން އިޢުލާނުކޮށްފައިވަނީ ބަންގަލަދޭޝަށް ނިސްބަތްވާ މުހައްމަދު އަރުޝަދު މިއާ (35އ)، ހޯދުމަށެވެ.
ފުލުހުންގެ އިޢުލާނުގައިވަނީ އަރުޝަދު 2023 އޮގަސްޓް 23 ވަނަ ދުވަހުގެ 10:00 އަށް ބ. އޭދަފުށީ ޕޮލިސް ސްޓޭޝަނަށް ޙާޟިރުވުމަށް އަންގާފައެވެ.
އަދި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އޭދަފުށީ ޕޮލިސް ސްޓޭޝަނަށް ގުޅުއްވައި އެކަން ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
އަރުޝަދު ހޯދުމަށް ފުލުހުން އާއްމު އިޢުލާނެއް ކޮށްފައި މިވަނީ އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިންނެވެ.

ކިޔުންތެރިންގެ ހިޔާލު