ފޯޖަރީގެ މައްސަލައަކާ ގުޅިގެން މަޝްހޫރު ނެށުންތެރިޔާ ސްޓެޕް އައްޔަ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، ފޯޖަރީގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ޗިޓު ރައްދުކުރެވިފައިނުވާ ކަމަށެވެ.
މި މައްސަލާގައި ފުލުހުން އިޢުލާނުކޮށްފައިވަނީ ކ. މާލެ/ ދަފްތަރު ނަންބަރު ދރ 053، ޢަލީ ޝާހިދު (43އ) ހޯދުމަށެވެ.
ފުލުހުންގެ އިޢުލާނުގައިވަނީ ޢަލީ ޝާހިދު 2023 އޮގަސްޓް 24 ވަނަ ދުވަހުގެ 11:30 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށް ޙާޟިރުވުމަށް އަންގާފައެވެ.
އަދި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެކަން ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
ޢަލީ ޝާހިދު ހޯދުމަށް ފުލުހުން އާއްމު އިޢުލާނެއް ކޮށްފައި މިވަނީ އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިންނެވެ.

ކިޔުންތެރިންގެ ހިޔާލު