ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަޅުތެރޭގައި ހުރި އުޅަނދުފަހަރު ނަގަން އާބަންކޯއިން އަންގައިފިއެވެ.

އާބަންކޯއިން މިއަދު ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަޅުގައި ހުރި އުޅަނދުތައް ނަގަނީ ޕްރޮޖެކްޓަކަށް ކަމަށެވެ. ނަމަވެސް އެކަމުގެ ތަފުސީލު ހާމަކޮށްފައެއް ނުވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށްޓަކައި ހުޅުމާލެ1ގެ ފަޅުން ބައެއް ހިއްކުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ހުޅުމާލެ 1 އަދި ހުޅުމާލެ 2ގެ ފަޅުގެ ސަރަހައްދުގެ ޗާޓެއް އާންމުކޮށް އާބަންކޯ އިން ވަނީ އުޅަނދުތައް ހުސްކުރުމަށް ބޭނުންވާ ސަރަޙައްދު ފާހަގަކޮށްފައެވެ. އަދި އޭރިއާ 2 ބޭނުންކުރުމުގައި އޭރިއާ 1 ގެ މަސައްކަތް ކުރުމަށް އުނދަގޫނުވާނެ ގޮތައް އަމަލުކުރުމަށް ވަނީ އެދިފަ އެވެ.

އެގޮތުން އާބަންކޯއިން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތަކާއި އަޑިއަށް ގޮސްފައިވާ އުޅަނދުތައް އެސަރަހައްދުން ނެގުމަށް 10 ދުވަސް ދީފަ އެވެ. އެ މުއްދަތުގައި ނުނަގައި ހުންނަ އުޅަނދުތަކަށް ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އަމަލުކުރެވޭނެ ކަމަށް އާބަންކޯ އިން ބުނެފައި ވެއެވެ.

ހުޅުމާލޭ މާސްޓަޕްލޭންގައިވާ ގޮތުން އެތަނަކީ ކްރޫޒް ޓާމިނަލެއް ހަދަން ހާއްސަކޮށްފައިވާ ސަރަހައްދެކެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި މީހުން އާބާދު ކުރަން ފެށި ހުޅުމާލޭގެ އިތުރު ފޭސްއެއް ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ ހިއްކާފައެވެ. އަދި އެތަނުގައި އެތައް ހާސް ބަޔަކު މިހާރު ވަނީ އާބާދުވެފައެވެ. މިއާއެކު ހުޅުމާލެއަކީ މިހާރު އެންމެ ބާރަށް އާބާދު ވަމުން އަންނަ ސަރަހައްދެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން