މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ތިނަދޫގެ ކުރީގެ ޤާޟީ ހޯދުމަށް ފުލުހުން މިއަދު އިޢުލާނުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރު ކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.



މި އަމުރާ ގުޅިގެން ހޯދަމުންދަނީ ގދ. ތިނަދޫ / ގާކުރެލި، އިބްރާހީމް ރަޝީދު (46އ)އެވެ.



"އިބްރާހީމް ރަޝީދު ހޯދަމުންދަނީ ދައުލަތުން ދަޢުވާކުރާ ޑައިމޯފިނުން މުއާމަލާތްކުރުމުގެ ކުށުގެ މައްސަލައައާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން 2023 އޮގަސްޓް 23 ވަނަ ދުވަހުގެ 09:45 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ." ފުލުހުން ބުނެފައިވެއެވެ.

ތިނަދޫ މެޖިސްޓްރޭޓްގެ ގޮތުގައި ހުންނަވަނިކޮށް އިބްރާހީމް ރަޝީދު މަގާމުން ވަކިކުރަން ނިންމީވެސް މަސްތުވާތަކެތީގެ މައްސަލައެއް ގައެވެ.



ފުލުހުން ވަނީ އިބްރާހީމް ރަޝީދާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި އެކަން ހިއްސާކުރުމަށް އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން