އަހުމަދު އިބްރާހިމް   23 އޯގަސްޓު 2023 - 12:26
ހަލުވިކަމާއެކު އާބާދުވެ ތަރައްޤީވަމުން އަންނަ ހުޅުމާލޭގައި "ޓޫރިސްޓް ބީޗް"އެއް ނުވަތަ ފަތުރުވެރިންނަށް ޚާއްސަ ގޮނޑުދޮށް ސަރަހައްދެއް ތަރައްޤީކުރަން ނިންމައި އެކަމުގެ އެއްބަސްވުމުގައި އާބަންކޯއާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ސޮއިކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ފާތިމަތު ނިލްފާއެެވެ.

މި އެއްބަސްވުމުގެ ދަށުން ވަކި އިންތިޒާމެއްގެ ދަށުން ހުޅުމާލޭގައި ފަތުރުވެރިންނަށް ޙަރަކާތްތެރިވެވޭނެ ގޮތްހަމަޖެހިގެންދާނެކަމަށާ، ޢާމުންނަށް ހިތްފަސޭހަކަމާއެކު ހުޅުމާލޭގެ ގޮނޑުދޮށް ބޭނުންކުރުމަށް ފަސޭވެ ވަކި އިންތިޒާމުތަކެއް ހަމަޖެހިގެންދާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުސޫމް ވަނީ ވިދާޅުވެފައެވެ. މިކަމަށްޓަކައި ހުޅުމާލެއިން ޚާއްސަކުރާ ގޮނޑުދޮށް ސަރަޙައްދު ޑިޒައިންކުރުމާއި އެހެނިހެން ކަންކަމުގައި ޓޫރިޒަމް މިނިސްޓްރީގެ ޓެކްނިކަލް ޓީމާއި އާބަންކޯ ގުޅިގެން މަސައްކަތްކުރަމުން އަންނަކަމަށް މިނިސްޓަރ މަޢުސޫމް ވިދާޅުވިއެވެ.



ހުޅުމާލޭގައި ފަތުރުވެރިންނަށް ޚާއްސަ ގޮނޑުދޮށް ސަޜަޙައްދެއް ހަދަން ނިންމާފައި މިވަނީ ޢާންމު އޭ ސަރަޙައްދުތަކުގައި ފަތުރުވެރިން ނިވާކަންކުޑަކޮށް އުޅުންފަދަ މައްސަލަތައް ދިމާވެ ޢާންމުންގެ ޝަކުވާ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އާބަންކޯއިން ބުނީ މި މަޝްރޫޢާއެކު ޢާންމުންގެ ޝަކުވާތަކަށް ޙައްލު ލިބިގެންދާނެކަމަށެވެ.

ހަލުވިކަމާއެކު ތަރައްޤީވަމުންއަންނަ ހުޅުމާލޭގައި މިހާރުވެސް ގިނަ ޢަދަދެއްގެ ގެސްޓުހައުސް ހިންގައެވެ. އެއާއެކު ފަތުރުވެރިންގެ ޙަރަކާތްތެރިވުން ވަނީ އިތުރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން