މާފަންނު ހުދުކަނީރުގޭގައި މިއަދު ހެނދުނު އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ ހުދުކަނީރު ގޭގައި އަލިފާނުގެ ޙާދިސާ ހިނގީ އެގޭ ތިރީބުރީގައިކަމަށެވެ. އަލިފާން ރޯވިކަމުގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ވަނީ އެސަރަޙައްދަށް ގޮސް އަލިފާން ނިއްވާލާފައިކަމަށާ، މި ހާދިސާގައި އެއްވެސް މީހަކަށް ހާނީއްކައެއް ވެފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.



އެމްއެންޑީއެފުން ބުނިގޮތުގައި އެގޭގައި ރޯވެފައިވަނީ ހާޑުވެއަރ ސާމާނު ރައްކާކޮށްފައި ހުރި ގުދަނެއްގައެވެ. މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބުނީ މިއަދު ހެނދުނު 7.45 ހާއިރުކަމަށް އެފަރާތުން ބުނެއެވެ. މިޙާދިސާ ހިނގަން މެދުވެރިވީ ކީއްވެގެންކަމެއް ނޭނގެއެވެ. އަދި އެކަމާބެހޭގޮތުން އެމްއެންޑީއެފުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން