ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު
ކާބަފައިން "އާތަންޑޭވީ" މާލޭން ބޭލިކަން ބަންގާޅު އެމްބެސަޑަރަށް ހަނދާން ކޮށްދޭން ޖެހިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާމަނިކު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި މިއަދު ބިދޭސީން ހިންގި ހަމަނުޖެހުމެއްގައި އެ މީހުން ކޮންޓްރޯލް ކުރަން އުޅުނު ފުލުހުންނަށް ބިދޭސީން ވަނީ ގަލާއި ލަޓިބުރިން ޙަމަލާދީފައެވެ. މި ހަމަނުޖެހުމުގެ ތެރޭގައި ފުލުހުންގެ ގިނަ ބަޔަކަށް އަނިޔާވެ ފުލުހެއްގެ ބޯ ވެސް ވަނީ ފަޅާލާފައެވެ.

އެކަމާ ގުޅިގެން މޫސަ މިއަދު ވިދާޅުވީ، ކާބަފައިން "އާތަންޑޭވީ" މާލޭން ބޭލިކަން ބަންގާޅު އެމްބެސަޑަރަށް ހަނދާން ކޮށްދޭން ޖެހިދާނެ ކަމަށެވެ. މިއީ ބަންގްލަދޭޝް މީހުން ދިވެހިންނަށް ޙަމަލާދޭނަމަ، ކާބަފައިން ޢަމަލުކުރިގޮތަށް ބަންގްލަދޭޝް އެމްބަސީ ދޮށަށް ދިވެހިން އެއްވާން ޖެހިދާނެކަން ހަނދާންކޮށް ދިނުމަށް މޫސަ ދެއްވި އިންޒާރެއް ކަމަށް ބެލެވެއެވެ.

މޫސަ ވިދާޅުވީ، މިއީ ވަރަށް ހިތްދަތި މަންޒަރެއް ކަމަށާއި، މިޤައުމުގެ ފުލުހުން ޔުނިފޯމުގައި ތިއްބާ، މިޤައުމަށް އަރާތިބި ބިދޭސީން ފުލުހުންނަށް ހަމަލާދީ އަނިޔާކުރާ މަންޒަރު ބައްލަވަން ނުހުންނަވާނެ ކަމަށެވެ. އަދި މުސާރަ ނުދިނަސް، އަޅަންހުރި ފިޔަވަޅުތައް އަޅައިގެން މުސާރަ ހޯދަން މަސައްކަތް ކުރުމުގެ ބަދަލުގައި ދިވެހި ފުލުހުންނާއި ސިފައިންނަށް އަނިޔާކޮށް މުދާ ހަލާކު ކުރުމަކީ ބަޔަކު ރާވައިގެން ހިންގާކަމެއް ކަމަށް މޫސަ ތުހުމަތު ކުރެއްވިއެވެ.



"މިކަމަށް ކުރިމަތިލާން ދިވެހިންނަށް ޖާގަ ނުދެއްވާ. ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އިސްކަންދެނީ، ހައްގުތައް އޮތީ ދިވެހިންނަށް. މިތަނަށް އަރާހާ ބިދޭސީން މުޒާހަރާކޮށް، މީހުންނަށް އަނިޔާކޮށް، ބޭނުންހާ ގޮތަކަށް އުޅުމުގެ ޙައްގެއް ނޯންނާނެ. ޙައްގުތަކުގެ ނަމުގަ ހަރަކާތްތެރިވާ ބޭރުގެ ޖަމާއަތްތަކުން ބަންގާޅީން މިތާ ވަޒަންވެރިއެއް ނުކުރެވޭނެ." މޫސަ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މުސާރަ ނުދީގެން ކުރާ މުޒާހަރާތަކާ ހަމަނުޖެހުންތަކަކީ ސިޔާސީ ކަމެއް ކަމަށް ސިފަކުރުމަކީ ސަރުކާރު ޒިންމާއިން ރެކެވޭނެ ހުއްޖަތެއް ނޫންކަމަށް ބުނެ ޢާއްމުންގެ މީހަކު ކޮށްފައިވާ ޓްވީޓަކަށް ރައްދުދެއްވަމުން ރީކޯ މޫސަ އިތުރަށް ވިދާޅުވީ، އަތޮޅުތެރޭގައި ތިބި ބިދޭސީން މާލެއަށް ޖަމާވުމަށް ފުރުސަތު ނުދިނުމަށާއި، މިއީ މަޖިލީހުގައި ބިދޭސީންގެ މައްސަލައިގައި ބަހުސް ކުރާތީ ރާވައިގެން ހިންގާ ހަމަނުޖެހުމެއް ކަމަށެވެ. އަދި ކޮންމެ ބަޔަކު ކުރިޔަސް މިއީ ސިޔާސީ ކަމެއް ކަމަށާއި، މިކަން ކުރާނީ ކޯވިޑް-19 ގެ މިޙާލަތުގައި ޤައުމު އޮށްވައި ނޫންކަމަށް ވެސް މޫސަ ވިދާޅުވިއެވެ.



މީގެ އިތުރުން މޫސަ މިއަދު ވަނީ އިޤްތިޞާދީ ވަޒީރު ފައްޔާޒަށްވެސް ބަހުގެ ޙަމަލާތަކެއް ދެއްވާފައެވެ. އެގޮތުން އިމިގްރޭޝަން ގަވާއިދާ ޚިލާފަށްއުޅޭ ބިދޭސީންނަށް ކާޑެއް ހަދައިގެން ރާއްޖޭގައި ދިރިއުޅުމުގެ ފުރުސަތު ދިނުމަކީ އެއްވެސް ވަޒީރަކަށް އޮތްބާރެއް ނޫން ކަމަށް މޫސަ ވިދާޅުވިއެވެ. އަދި ސައްޙަ ވިސާއެއް ނެތްނަމަ ޤައުމަށް ދެވެންދެން އާއްމު ދިރިއުޅުމުގައި ރަށްރަށުގައި ގެންގުޅެވޭނީ ޤާނޫނު ބަދަލު ކޮށްގެން ކަމަށާއި، ވޭތުވެދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި، ހޯދުނު ގޮތަކުން ލާރިހޯދައިގެން މިޤައުމުގައި އުޅުނު ބިދޭސީން މިގައުމު މިހާލުގައި އޮށްވައި މިހާ އަނިޔާވެރިވާނެ ކަމަށް ހީވެސް ނުކުރައްވާ ކަމަށް މޫސަ ވިދާޅުވިއެވެ.

މުސާރަ ނުދީގެން ކަމަށްބުނެ ބިދޭސީން ހިންގާ ހަމަނުޖެހުންތައް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. އެގޮތުން އައިމާ ކުންފުނީގެ މުވައްޒަފުންތަކެއް، އެ ކުންފުނިން ހަދަމުންދިޔަ ރިސޯޓު ތަކެއްގައި ހިންގި ހަމަނުޖެހުންތަކަކާއި ގުޅިގެން އެ ހުރިހާ އެންމެން ވަނީ އަނބުރާ ޤައުމަށް ފޮނުވާލާފައެވެ. އޭގެ ފަހުން ބ. އަތޮޅު ބޮޑުފިނޮޅުގައި ބިދޭސީން ވަނީ ދިވެހިންތަކެއް ރަހީނުކޮށް އެރަށަށް ދިޔަ ފުލުހުންނަށް ޙަމަލާދީފައެވެ. އަދި މިއަދު ހުޅުމާލޭގައިވެސް ވަނީ ފުލުހުންނަށް ޙަމަލާދީ، ފުލުހުންނާއި ޢާއްމުންގެ މުދަލަށް ގެއްލުންދީފައެވެ.


ކިޔުންތެރިންގެ ހިޔާލު


-14

އަސްލުހާލަތު

14-Jul-2020

ހަސަން ބުޝްރީ މަދަރުސާއަކަށް ނުދާ މޫސާ މާ މޮޅުކަމަށް ފެންނަނީ ބަލަ އާތަން އެއީ އާތިންގޓަން ކުރުކޮށް ކިޔާ ގޮތް ވިލާތު މީހުން ނަން ކިއުމުގަ.. މިސާލަކަށް ކެތަރިން ކުރުކޮށް ކޭޓް އަދި ޖެރޮމީ ކުރުކޮށް ޖެރީ އަދި ތޯމަސްއަށް ޓޮމް ކިޔާހެން.. މޫސަ މާ ހޭލުންތެރި އެހެންވީމަ


8

ޙަސަން ބުޝްރީ

14-Jul-2020

މޫސަ ކައިރިން އަހާލަންބޭނުން ‘އާތަންޑޭވީ’ އެއީކާކުތޯ? އެއީ އާތަންޑޭވީ ކިޔާމީހަކު މިގައުމުން ބޭލިކަމަށް ތާރީޚުގަ ނެތީމާ. އެހެނެނެއް ނޫން އާތިންގތަންޑޭވީ ކިޔާމީހަކު މިގައުމުން ބޭލި. މަދަރުސާއަކަށް ނުދާތީ މޫސައަށް ނޭގުނީ ކަމަށް ވެދާނެ


-5

ޢަސްލަމު ހަސަން

14-Jul-2020

ތީ އަމިއްލަ ފައިދާ އަށް ކަން ކުރި މީހުންނަށް ފެންނާނެ މަންޒަރު,,ސަރުކާރު ކާހުސްކުރި ގޮތަށް އިންސާނުން ގެނެސް އެމީހުންގެވެސް ހައްގުތަށް ކައި ނުވިތަނަކަށް ލެއަށް ދާދެން ބުއިމުގެ ނަތީޖާ މިފެންނަނީ,,,އަދިވެސް އިސްލާހު ވާކަށް ނޫޅޭ,,މިސަރުކާރަށް ނުފޫޒު ފޯރުމުގެ ގޮތުން ހިންގާފަ ހުރި ބޮޑެތި ޖަރީމާ ތިފެންނަނީ,,މުސާރަބޭނުންނުވާ މިހަކު މި ގައުމުގަ އެބަހުރިތޯ,7 މަސް މުސާރަ ނުދެވޭއިރު އެމީހުން ލައްވާ މަސައްކަތް ކުރުވަނީ ކީއްވެ,,1 މަސް ނޫން 7 މަސް މަދު ދުވަހެއްތަ,,,ތިވަރު ބައެއް މީހުން ލައްވާ މަސައްކަތް ކުރުވަނީ ކީއްވެ,,,,


-2

ޒާހިދު

14-Jul-2020

ޑުބާއިގެ ބިޔަ ޕްރޮޖެކްޓްތަކުގައި ގެންގުޅު ބަންގުލަދޭސް މީހުންގެ ސަބަބުން ޑުބައިގެ ރީތި ކަމާއި އަމާން ސުލްހަވެރިކަން ގެއްލޭ ހިސާބައް ދިއުމުން ޑުބާއިގެ އަމީރު އޭނާގެ އަސްކަރިއްޔާއައް އަމުރު ކުރީ އެމީހުންގެ މަނަވަރުތައް އެއަރ ފޯރސްގެ ފްލައިޓުތަކުގައި ބަންގުލަދޭސް ހުރިހާ މީހުން އަންބުރާ ރަށައް ފޮނުވާލުމައް އަސްކަރިއްޔާގެ ވަސީލަތްތަކުން ނުވެއްޖެ ނަމަ ޑުބާއިގެ ސިޕިންގްލައިން ކާރގޯ ބޯޓްތަކުގައި ވެސް ބޭރު ކުރަން އަމީރުގެ އަމުރައް އެތާގެ އަސްކަރިއްޔާގެ ސިފައިން މަނަވަރުތަކުގައި ކާރގޯ ބޯޓްތަކުގައި ޑުބާއީގެ ޕްރޮޖެކްޓްތަކުގައި 1 މިލިޔަންއައް ވުރެއް ގިނަ ބަންގާޅިން ބަންގުލަދޭސްއައް ބޯޓުތަކައް އަރުވާފައި ފޮނުވާލި..



ޓްރެންޑިން