ހުޅުމާލޭން ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާ މީހާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ، ގެއްލިގެން ހޯދަމުންދަނީ ހއ. ބާރަށް ސައިނިންގސްޓަރ، މުޙައްމަދު ތަޢުފީޤު (35އ) ކަމަށެވެ. އޭނާގެ ޚަބަރެއް އާއިލާއަށް ނުވެގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ހުކުރު ދުވަހުގެރޭ 1:35 ހާއިރު ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ފުލުހުން ބުނީ، އޭނާ އެންމެ ފަހުން ފެނިފައިވަނީ ހުޅުމާލެ ފޭސް ދޭއްގައި އޭނާ ދިރިއުޅެމުންދާ އެޕާޓްމަންޓުން، މިމަހުގެ 22 ވަނަ ދުވަހުގެ 11:00 އެހައިކަންހާއިރު ކަމަށެވެ. އޭރު އޭނާ ލައިގެންހުރީ ގޮޅިޖެހި ރަތްކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖީންސެއްކަމަށް އޭނާގެ އާއިލާއިން މައުލޫމާތުދީފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
އަދި އޭނާގެ އެއްވެސް ޚަބަރެއް ވެއްޖެނަމަ އެކަން ވީއެންމެ އަވަހަކަށް އެންގުމަށް ފުލުހުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު