ދެން އެންމެ އަވަހަށް ރާއްޖެއިން ފެންނާނީ ބިދޭސީންގެ ގޭންގް ހަނގުރާމަތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި ހޯމަ ދުވަހު ބިދޭސީން ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރަން އުޅުނު ފުލުހުންނަށް ބިދޭސީން ވަނީ ގަލާއި ލަޓިބުރިން ޙަމަލާދީފައެވެ. މި ހަމަނުޖެހުމުގެ ތެރޭގައި ފުލުހުންގެ ގިނަ ބަޔަކަށް އަނިޔާވެ ފުލުހެއްގެ ބޯ ވެސް ވަނީ ފަޅައިލާފައެވެ.
ބިދޭސީން މިއަދު ފުލުހުންނާއި ކުރިމަތިލައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޢަލީ ނިޒާރު ވިދާޅުވީ، އެންމެ އަވަހަށް ދެން ފެންނާނީ ގޭންގް ހަނގުރާމަތައް ކަމަށާއި، ބިދޭސީން މިހާރު އެހާ ގަދަކޮށްފި ކަމަށެވެ.
"އިޖްތިމާޢީ މިފަދަ އެތައްކަމެއް އަޅާނުލާ ދޫކޮށްފައި ވުމުގެ ނަތީޖާ ހިތިކޮށް ދިވެހިން ތަޖުރިބާކުރަން ޖެހިފަ މި ވަނީ." އައްޑޫ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ ޢަލީ ނިޒާރު ވިދާޅުވިއެވެ.
ޢަލީ ނިޒާރުގެ ވާހަކައަށް ތާޢީދު ކުރަށްވައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު ޙުސައިން އަރީފް ވިދާޅުވީ، ރަށްރަށުގައި އުޅޭ ބިދޭސީން މިހާރުވެސް އޮޕަރޭޓް ކުރަނީ ގޭންގްތައް އޮޕަރޭޓްކުރާ ގޮތަށް ކަމަށާއި، ވެރިންނަށް ނޭނގި މުދާކޮޅު ވިއްކާލަނީ އެމީހުން ކަމަށެވެ.
"ރުއްދަނޑުތަކާއި ކެޔޮދަނޑުތަކުގައި ފޮޅޭ މޭވާތައް އެތަންތަނުގެ ވެރިފަރާތުގެ ހުއްދަނެތި ކަނޑައިގެން ވިއްކާލާފައި ވެރިފަރާތައް ލިބެނީ ބިދޭސީ މީހާ ދިން އެއްޗެއް." އަރީފް ވިދާޅުވިއެވެ.
ބިދޭސީން ހިންގަމުންގެންދާ ސިލްސިލާ ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން މިރޭ ބުނީ، މިއަދު ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން އިމާރާތްކުރާ ފްލެޓުގެ މަސައްކަތް ކުރާ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މުވައްޒަފުން، ކުރިއަށް ގެންދިޔަ މުޒާހަރާ އާ ގުޅިގެން އެ ސަރަހައްދަށް ދިޔަ ފުލުހުންނާ ދިމާލަށް ގައު އުކައި ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ.
އެ ހަމަނުޖެހުމުގައި ބައެއް ފުލުހުންނަށް އަނިޔާވުމުގެ އިތުރުން ފުލުހުންގެ ވެހިކަލަކަށާއި އާންމު ރައްޔިތުންގެ މުދަލަށް ގެއްލުންވެފައިވާ ކަމަށާއި، އެކަމާ ގުޅިގެން ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ޕަބްލިކް އެންޑް ރެސްޕޮންސް ޔުނިޓުގެ ޓީމެއް އެ ސަރަހައްދަށް ފޮނުވައި އެއްވުމުގައި ބައިވެރިވި މީހުންގެ ތެރެއިން 41 ބިދޭސީއަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Rahrashugai ulhey bidheyseen mihaaruves oparate kuranee gang thah oparate kuraa gothah
— Hussain Areef (@husainaryf) July 13, 2020
Ruh dhandu thakaai keyo dhandu thakugai folhey meyvaa thah e than thanuge veri faraathuge huhdha nethi kandaigen vikkaalaifa bidheysee meehaa dhin ehcheh libenee.
ޢަލީ ނިޒާރުގެ ވާހަކައަށް ތާޢީދު ކުރަށްވައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު ޙުސައިން އަރީފް ވިދާޅުވީ، ރަށްރަށުގައި އުޅޭ ބިދޭސީން މިހާރުވެސް އޮޕަރޭޓް ކުރަނީ ގޭންގްތައް އޮޕަރޭޓްކުރާ ގޮތަށް ކަމަށާއި، ވެރިންނަށް ނޭނގި މުދާކޮޅު ވިއްކާލަނީ އެމީހުން ކަމަށެވެ.
"ރުއްދަނޑުތަކާއި ކެޔޮދަނޑުތަކުގައި ފޮޅޭ މޭވާތައް އެތަންތަނުގެ ވެރިފަރާތުގެ ހުއްދަނެތި ކަނޑައިގެން ވިއްކާލާފައި ވެރިފަރާތައް ލިބެނީ ބިދޭސީ މީހާ ދިން އެއްޗެއް." އަރީފް ވިދާޅުވިއެވެ.
ބިދޭސީން ހިންގަމުންގެންދާ ސިލްސިލާ ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން މިރޭ ބުނީ، މިއަދު ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން އިމާރާތްކުރާ ފްލެޓުގެ މަސައްކަތް ކުރާ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މުވައްޒަފުން، ކުރިއަށް ގެންދިޔަ މުޒާހަރާ އާ ގުޅިގެން އެ ސަރަހައްދަށް ދިޔަ ފުލުހުންނާ ދިމާލަށް ގައު އުކައި ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ.
އެ ހަމަނުޖެހުމުގައި ބައެއް ފުލުހުންނަށް އަނިޔާވުމުގެ އިތުރުން ފުލުހުންގެ ވެހިކަލަކަށާއި އާންމު ރައްޔިތުންގެ މުދަލަށް ގެއްލުންވެފައިވާ ކަމަށާއި، އެކަމާ ގުޅިގެން ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ޕަބްލިކް އެންޑް ރެސްޕޮންސް ޔުނިޓުގެ ޓީމެއް އެ ސަރަހައްދަށް ފޮނުވައި އެއްވުމުގައި ބައިވެރިވި މީހުންގެ ތެރެއިން 41 ބިދޭސީއަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު