ރަށުގެ ވެރިންނަށް ނޭނގި ބޮޑުފިނޮޅު ހޮޓެލްސް އެންޑް ރިޒޯޓްސް ކިޔާ ކުންފުންޏެއް ހަދާފައި ވާކަމަށް ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަދި ގާނޫނީ ވަކީލް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.
މުހުތާޒް ކުރަށްވާފައިވާ ޓްވީޓެއްގައި ވަނީ، ބޮޑުފިނޮޅު ތަރައްގީ ކުރުމަށް ކޯޓާ ހޯދުމުގެ ހުއްދަ ދިނީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ކުންފުނި ކަމަށްވާ، އާރްއައިއެކްސް (ރިޒް) ޕްރައިވެޓް ލިމިޓެޑަށް ކަމަށެވެ. ނަމަވެސް އެ ރަށުގެ ވެރިންނަށް ނޭނގި ބޮޑުފިނޮޅު ހޮޓެލްސް އެންޑް ރިޒޯޓްސް ކިޔާ ކުންފުންޏެއް ހަދާފައިވާ ކަމަށާއި، އަދި އެ ނަމުގައި 300 އަށް ވުރެ ގިނަ ކޯޓާ ބޮޑުފިނޮޅު ޕްރޮޖެކްޓަށް ދޫކުރުމުގައި ނުރަނގަޅު ކަންތައްތަކެއް ހިނގާފައި ވާކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
މި ކަމާ ގުޅުން ހުރި ލިޔެކިޔުންތަކެއް މުހުތާޒް ހިއްސާކޮށްފައިވާއިރު، އޭގައި ވާގޮތުން ބޮޑުފިނޮޅު ހޮޓެލްސް އެންޑް ރިޒޯޓްސް ކުންފުންޏަކީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު ރަޖިސްޓަރ ކޮށްފައިވާ ކުންފުންޏެކެވެ. ބޮޑުފިނޮޅު ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ޙަވާލުކޮށްފައިވަނީ، ސީލް މޯލްޑިވްސް އަށެވެ. ރިޒް ކުންފުނިން އެރަށުގައި މަސައްކަތް ކުރަމުން ދިޔައީ ސަބްކޮންޓްރެކްޓަރެއްގެ ގޮތުގައެވެ.
ބޮޑުފިނޮޅު މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ކޮމިޓީއަށް، ބިދޭސީންނާ ގުޅޭ މައްސަލަތަކުގައި ފިޔަވަޅު އަޅާ މުއައްސަސާތައް ހާޒިރު ކުރުމުން އިމިގްރޭޝަނުން ބުނީ ބޮޑުފިނޮޅުގައި ތިބި 48 ބިދޭސީން ފިޔަވައި އެންމެންނަކީ ވެސް ސައްހަ ލިޔެކިޔުން ނެތި އުޅޭ މީހުން ކަމަށެވެ. އޭގެ ތެރޭގައި ބްލެކްލިސްޓް ކޮށްފައިވާ ކުންފުނިތަކުން ގެނެސްފައިވާ ބިދޭސީން ވެސް ހިމެނޭ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ބޮޑުފިނޮޅުގައި ތިބި ބިދޭސީންނާ ހަވާލުވާން ރިޒް ކުންފުންޏާއި ސީލް މޯލްޑިވްސް އިން ވެސް ދަނީ ދެކޮޅު ހަދަމުންނެވެ. އެ މީހުން ރަށަށް ދޫކޮށްލައި، ދެ ކުންފުނިން ވެސް ރަށުން ފައިބައިފައި ވާއިރު، ސީލް ކުންފުނިން ވަނީ ބިދޭސީން ރަށުން ބޭލުމަށް އެދި ތުޅާދޫ ކޯޓުގައި އަމުރަކަށް ވެސް އެދިފައެވެ.
ރިޒްގެ ވަކީލު މީގެ ކުރިން ވިދާޅުވި ގޮތުގައި ބޮޑުފިނޮޅުގައި މި ވަގުތު ތިބި 179 މުވައްޒަފުންނަކީ އެ ކުންފުނިން ހަވާލުވާން ޖެހޭ ބައެއް ނޫންކަމަށާއި، އޭގެ ތެރޭގައި ތިބީ އާރުއައިއެކްސްގެ 14 ބިދޭސީން ކަމަށާއި، ބޮޑު ތަހުގީގެއް ފަށާފައިވާއިރު ފުލުހުންގެ އިއުތިރާޒެއް ނެތްނަމަ، އެ ބިދޭސީންނާ ހަވާލުވާން ކުންފުނިން ތައްޔާރު ކަމަށެވެ. މި މައްސަލާގައި ރަށުގެ ޑިވެލޮޕަރ، ސީލް މޯލްޑިވްސް ތަމްސީލްކުރާ ލޯ ފާމް، އެޑްވޮކަސީ ޗެމްބާސްއިން ބުނެފައިވަނީ، ރަށުގައި މިހާރު ތިބި މުސާރަ ނުލިބޭ 179 ބިދޭސީއަކާއި މިހާރު އެ ރަށުގައި ނެތް އެކަމަކު ކުރިން މަސައްކަތްކޮށް މުސާރަ ނުލިބި ތިބި 26 ބިދޭސީއެއްގެ ނަމާއި އެ މީހުންނަށް ނުލިބި ހުރި މުސާރައިގެ ތަފްސީލް ޝީޓެއް ރިޒް އިން ސީލް މޯލްޑިވްސް އާއި ފުލުހުންނާއި ލޭބަ ރިލޭޝަން އޮތޯރިތީ އަށް ވެސް ފޮނުވާފައިވާ ކަމަށެވެ.
މިމަހުގެ 2 ވަނަ ދުވަހު ބޮޑުފިނޮޅުގައި މަސައްކަތްކުރާ 200 އެއްހާ ބިދޭސީން ވަނީ އެތަނުގައި މަސައްކަތް ކުރާ ދިވެހިން ރަހީނުކޮށް އެރަށަށް އަރަންދިޔަ ފުލުހުންނަށް ޙަމަލާދީ ހަމަނުޖެހުން ހިންގާފައެވެ. އެ ހަމަނުޖެހުމުގައި 19 ބިދޭސީއަކު ހައްޔަރުކޮށް އެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފައި ވާއިރު، އެމީހުންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ތުހުމަތުވެސް ކޮށްފައެވެ. އަދި މި މައްސަލާގައި ރިޒް ކޮމްޕެނީއަށް ވަނީ ހިއުމަން ޓްރެފިކިންގެ ތުހުމަތު ކޮށްފައެވެ.

ބޮޑުފިނޮޅު ތަރައްގީ ކުރުމަށް ކޯޓާ ހޯދުމުގެ ހުއްދަދެވުނީ “ރިޒް” އަށް. ރަށުގެ ވެރިންނަށް ނޭގި ބޮޑުފިނޮޅު ހޮޓެލްސް އެންޑް ރިޒޯޓސް ކިޔާކުންފުންޏެއް ހަދާ އެނަމުގައި 300 އަށްވުރެންގިނަ ކޯޓާ ބޮޑުފިނޮޅު ޕްރޮޖެކްޓަށް ދޫކުރުމުގައި ނުރަނގަޅު ކަންތައްތަކެއް ހިނގާފައިވާކަމަށް ބެލެވޭ. pic.twitter.com/aArJuA6HiO
— Muhuthaz Muhusin (@muhuthaz) July 13, 2020
މި ކަމާ ގުޅުން ހުރި ލިޔެކިޔުންތަކެއް މުހުތާޒް ހިއްސާކޮށްފައިވާއިރު، އޭގައި ވާގޮތުން ބޮޑުފިނޮޅު ހޮޓެލްސް އެންޑް ރިޒޯޓްސް ކުންފުންޏަކީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު ރަޖިސްޓަރ ކޮށްފައިވާ ކުންފުންޏެކެވެ. ބޮޑުފިނޮޅު ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ޙަވާލުކޮށްފައިވަނީ، ސީލް މޯލްޑިވްސް އަށެވެ. ރިޒް ކުންފުނިން އެރަށުގައި މަސައްކަތް ކުރަމުން ދިޔައީ ސަބްކޮންޓްރެކްޓަރެއްގެ ގޮތުގައެވެ.
ބޮޑުފިނޮޅު މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ކޮމިޓީއަށް، ބިދޭސީންނާ ގުޅޭ މައްސަލަތަކުގައި ފިޔަވަޅު އަޅާ މުއައްސަސާތައް ހާޒިރު ކުރުމުން އިމިގްރޭޝަނުން ބުނީ ބޮޑުފިނޮޅުގައި ތިބި 48 ބިދޭސީން ފިޔަވައި އެންމެންނަކީ ވެސް ސައްހަ ލިޔެކިޔުން ނެތި އުޅޭ މީހުން ކަމަށެވެ. އޭގެ ތެރޭގައި ބްލެކްލިސްޓް ކޮށްފައިވާ ކުންފުނިތަކުން ގެނެސްފައިވާ ބިދޭސީން ވެސް ހިމެނޭ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ބޮޑުފިނޮޅުގައި ތިބި ބިދޭސީންނާ ހަވާލުވާން ރިޒް ކުންފުންޏާއި ސީލް މޯލްޑިވްސް އިން ވެސް ދަނީ ދެކޮޅު ހަދަމުންނެވެ. އެ މީހުން ރަށަށް ދޫކޮށްލައި، ދެ ކުންފުނިން ވެސް ރަށުން ފައިބައިފައި ވާއިރު، ސީލް ކުންފުނިން ވަނީ ބިދޭސީން ރަށުން ބޭލުމަށް އެދި ތުޅާދޫ ކޯޓުގައި އަމުރަކަށް ވެސް އެދިފައެވެ.
ރިޒްގެ ވަކީލު މީގެ ކުރިން ވިދާޅުވި ގޮތުގައި ބޮޑުފިނޮޅުގައި މި ވަގުތު ތިބި 179 މުވައްޒަފުންނަކީ އެ ކުންފުނިން ހަވާލުވާން ޖެހޭ ބައެއް ނޫންކަމަށާއި، އޭގެ ތެރޭގައި ތިބީ އާރުއައިއެކްސްގެ 14 ބިދޭސީން ކަމަށާއި، ބޮޑު ތަހުގީގެއް ފަށާފައިވާއިރު ފުލުހުންގެ އިއުތިރާޒެއް ނެތްނަމަ، އެ ބިދޭސީންނާ ހަވާލުވާން ކުންފުނިން ތައްޔާރު ކަމަށެވެ. މި މައްސަލާގައި ރަށުގެ ޑިވެލޮޕަރ، ސީލް މޯލްޑިވްސް ތަމްސީލްކުރާ ލޯ ފާމް، އެޑްވޮކަސީ ޗެމްބާސްއިން ބުނެފައިވަނީ، ރަށުގައި މިހާރު ތިބި މުސާރަ ނުލިބޭ 179 ބިދޭސީއަކާއި މިހާރު އެ ރަށުގައި ނެތް އެކަމަކު ކުރިން މަސައްކަތްކޮށް މުސާރަ ނުލިބި ތިބި 26 ބިދޭސީއެއްގެ ނަމާއި އެ މީހުންނަށް ނުލިބި ހުރި މުސާރައިގެ ތަފްސީލް ޝީޓެއް ރިޒް އިން ސީލް މޯލްޑިވްސް އާއި ފުލުހުންނާއި ލޭބަ ރިލޭޝަން އޮތޯރިތީ އަށް ވެސް ފޮނުވާފައިވާ ކަމަށެވެ.
މިމަހުގެ 2 ވަނަ ދުވަހު ބޮޑުފިނޮޅުގައި މަސައްކަތްކުރާ 200 އެއްހާ ބިދޭސީން ވަނީ އެތަނުގައި މަސައްކަތް ކުރާ ދިވެހިން ރަހީނުކޮށް އެރަށަށް އަރަންދިޔަ ފުލުހުންނަށް ޙަމަލާދީ ހަމަނުޖެހުން ހިންގާފައެވެ. އެ ހަމަނުޖެހުމުގައި 19 ބިދޭސީއަކު ހައްޔަރުކޮށް އެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފައި ވާއިރު، އެމީހުންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ތުހުމަތުވެސް ކޮށްފައެވެ. އަދި މި މައްސަލާގައި ރިޒް ކޮމްޕެނީއަށް ވަނީ ހިއުމަން ޓްރެފިކިންގެ ތުހުމަތު ކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު