ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ހާޒިރުވާ ގަޑިއާއި ލިބޭ މުސާރައާއި ގުޅުން އޮންނާނެ ކަމަށާއި، ގަޑިއަށް ޙާޟިރުނުވާ މެމްބަރުންގެ މުސާރައިން ކެނޑުމަށް ހުށައަޅުއްވާނެ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހަށް ވަޑައިގެން މެމްބަރުން ސޮއިކުރައްވާ ހާޒިރީގައި ސޮޔާ ޖެހިގެން ކޮލަމެއް އިތުރުކޮށް، ހާޒިރުވެވަޑައިގެންނެވި ގަޑި ޖަހަސަވަން ޖެހޭ ގޮތަށް ހަމަޖައްސަވާނެ ކަމަށެވެ. މެމްބަރުންގެ ހާޒިރީ އާއި މުސާރައާ ގުޅުން އޮންނާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، އެހެންވެ، މަޖިލީހުގެ ގަވައިދު އެގޮތަށް ބަދަލުކުރަން އާއްމު ކޮމިޓީގައި އެ މަނިކުފާނު އެދިވަޑައިގަންނަވާނެ ކަމަށެވެ.

"ދެން އަޅުގަނޑު ދެކޭ ގޮތުގައި ހާޒިރުވާ ގަޑި އާއި މުސާރަައާ ގުޅުން އޮންނާނެ." ރައީސް ނަޝީދު ވިދާޅުވި އެވެ.

ޖަލްސާ ބާއްވާ ގަޑިއާ ދުވަސްތަކާ އެޖެންޑާ އައިޓަމްތައް މަޖިލީހުގެ ގަވައިދުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެ މިންވަރަށް މެމްބަރުން މަޖިލީހަށް ހާޒިވުމަކީ މެމްބަރުން ކޮށްފައިވާ ހުވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން