އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމެއްގައި ދިވެހިންގެ އިންފާރުމަތިން ނާރާހާ ހިނދަކު، ދުނިޔޭގެ ކޮންމެ ގައުމަކާ ވެސް ގުޅުން އޮންނާނެކަމަށާ، ޚާރިޖީ ސިޔާސަރު ބަންޓަން ކުރައްވާނީ މިއޫސުލުން "އެންމެ ފުރަތަމަ ދިވެހިން" އިސްކުރާ އުސޫލަކުންކަމަށް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީން އިންތިޒާމުކޮށްގެން ރޭ ބޭއްވި ސަންގު ބަހުސްގައި ވާހަކަފުޅުދައްކަވަމުން ޑރ.މުއިއްޒު ވަނީ އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވިއްޖެނަމަ އެމަނިކުފާނުގެ ސަރުކާރެއްގައި ޚާރިޖީ ސިޔާތު ބައްޓަންކުރައްވާނެ ގޮތާ ބެހޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. އެންމެފަހުން ނިމިދިޔަ ޕީޕީއެމްގެ ސަރުކާރުގައި އިންޑިއާއާ ކުނިޖެހި ޗައިނާއާ މާ ގާތްގުޅުމެއް ބޭއްވިކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން ޑރ.މުއިއްޒާ ސުވާލުކުރިމަތިވިއެވެ. އަދި މިހާރުވެސް އިންޑިއާއާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން "އިންޑިއާ އައުޓު" ޙަރަކާތް ހިންގަމުން އަންނައިރު، މުއިއްޒުގެ ވެރިކަމުގައި އިންޑިއާއާމެދު އަމަލުކުރާނީ ކިހިނެއްތޯ މިއީ އުފެދިފައިވާ ސުވާލެކެވެ.

ބަޙުސްގެ ޕްރެޒެންޓަރ އިބްރާހީމް ވަޙީދު (އަސްވާޑު)ވަނީ މިކަމާބެހޭގޮތުން ސުވާލުކުރައްވާފައެވެ.

ޑރ.މުއިއްޒު ދެއްވި ޖަވާބުގައި ވިދާޅުވީ ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ތިބެގެން ނުވާނެކަމަށެވެ. އަދި އެއީ ދިވެހިން ބޭނުންވާ ގޮތެއް ނޫންކަމަށާ، އެކަން ނިމުމަކަށް ގެންނަވާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ. ރާއްޖޭގައި އިންޑިއާ ސިފައިން ނެތްކަމަށް ރައީސް ޞާލިޙު ވިދާޅުވާ ވިދާޅުވުމަށް ރައްދު ދެއްވައި ޑރ.މުއިއްޒު ވިދާޅުވީ އިންޑިއާ ސިފައިން އެބަތިބިކަމަށާ، އެމީހުން މިޤައުމުން ފައިބަންޖެހޭކަމަށެވެ. އަދި ދިވެހިންގެ މިނިވަންކަން އިއާދަވާންޖެހޭކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ސަރުކާރެއްގެ ޚާރިޖީ ސިޔާސަތަކީ ދުނިޔޭގެ ހުރިހާ ގައުމަކާވެސް ގާތް ގުޅުމެއް ބޭއްވުންކަމަށާ، އެހެންނަމަވެސް އަބަދުވެސް އިސްކުރާނީ ދިވެހިން ކަމަށް ތަކުރާރުކޮށް މުއިއްޒު ވިދާޅުވިއެވެ. އަދި ދިވެހިން ދިރިއުޅޭ ބޭރުގެ ގައުމުތަކާއި އާންމުކޮށް ދިވެހިން ދަތުރުކުރާ ގައުމުތަކާ ގާތް ގުޅުމެއް ބާއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެންނަމަވެސް ރާއްޖޭގެ މިނިވަންކަމުގެ އިން ފަހަނައަޅައި ދިއުމަކީ އެއްވެސް ޤައުމަށް ޖާގަދެއްވާނެކަމެއް ނޫންކަމަށް މުއިއްްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން