އޮންލައިންކޮށް ކުށުގެ ރެކޯޑު ސާފުކުރުމުގެ އިންތިޒާމް ޕީޖީ އޮފީހުން ހަމަޖައްސައިފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފައިވަނީ، ކުށުގެ ރެކޯޑު ސާފުކުރަންޖެހޭ ކަންކަމުގައި ޢާއްމުންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި، ޕީޖީ އޮފީހުގެ އޮންލައިން ޚިދުމަތްތައް މެދުވެރިކޮށް، ކުށުގެ ރެކޯޑު ސާފުކުރެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން އީފާސް މޯބައިލް އެޕް މެދުވެރިކޮށް، ނުވަތަ މިޕޯޓަލް އިން އީފާސް މެދުވެރިކޮށް ލޮގިންވުމަށްފަހު، ކުށުގެ ރެކޯޑު މެނޫއިން ކުށުގެ ރެކޯޑަށް އެދިވަޑައިގެންނެވޭނެ ކަމަށް ޕީޖީ އޮފީހުން މަޢުލޫމާތު ދެއެވެ.

"ރެކޯޑަށް އެދިވަޑައިގަންނަވާތާ ގިނަވެގެން މަސައްކަތު އެއް ދުވަހުގެ ތެރޭގައި ޖަވާބު، އޮންލައިން ޕޯޓަލަށް އަޕްލޯޑު ކޮށްދޭނަމެވެ. އޭރުން ފޯނުންވެސް، އެ މަޢުލޫމާތު ވަގުތުން ފެނިވަޑައިގަންނަވާނެއެވެ. ބޭނުންފުޅުނަމަ، ޕްރިންޓްވެސް ކުރެއްވޭނެއެވެ. އެލިޔުމަކީ މިއޮފީހުން ދިން ލިޔުމެއްކަން އެނގޭނެ ވެރިފިކޭޝަން ކޯޑެއް އެލިޔުމުގައި އޮންނާނެއެވެ." ޕީޖީ އޮފީހުން ބުނެފައިވެއެވެ.

މީގެ އިތުރުން، ކުށުގެ ރެކޯޑު ސާފުކުރައްވަން ބޭނުންފުޅުވާ ބޭފުޅުން ޕީޖީ އޮފީހުގެ އީމެއިލް އަށް މެއިލް ކުރެއްވުމުން، މަސައްކަތް 2 (ދޭއް) ދުވަހުގެ ތެރޭގައި، ކުށުގެ ރެކޯޑު ސާފުކުރުމަށްފަހު، ޖަވާބު އީމެއިލަށް ފޮނުވައިދޭނެ ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން