މާލެއިން ފުރައިގެން ބ. އަތޮޅަށް 13 މީހުންނާއި އެކު، ދަތުރުކުރަމުން ދިޔަ ދޯންޏެއް އަޑިއަށް ގޮސްފިއެވެ.
ފުލުހުން ބުނީ، މާލެއިން ފުރައިގެން ބ. އަތޮޅަށް 13 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ދޯންޏެއް ދަރަވަންދޫއާ ދިމާލުން ބޭރަށް އަޑިއަށްދާކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 10:40 ހާއިރު ކަމަށެވެ.
އެ ދޯނީގައި ތިބި އެންމެންވެސް ފުލުހުންގެ ލޯންޗަށް ނަގާފައި ވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި 12 ބިދޭސީންނެވެ.
ފުލުހުންބުނީ ދޯނިން ދަތުރުކުރި އެންމެންގެ ޙާލުވެސް ރަނގަޅު ކަމަށެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެއްކަމުން ކަނޑު ދަތުރުފަތުރުގައި ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

Male' in Baa. Atholhah dhathurukuramundhiya mudhaa ufulaa dhoangneh
— Maldives Police (@PoliceMv) September 7, 2023
Dharavandhoo'aa dhimaa beyrun adiah dhaakamah miadhu 10:40 ehaikanhaairu mauloomaathu libigen e'sarahahdhugai fuluhun dhany harakaaiytherivamun. pic.twitter.com/OSlnzuYya0
މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެއްކަމުން ކަނޑު ދަތުރުފަތުރުގައި ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު