ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދަށް މަސް ހިފަން ފޭބި ލަންކާ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލެ ފޭސް ދޭއްގެ އިރުއުތުރު ފަރާތުން މަސް ހިފަން މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދަމުންދާކަމަށް މިއަދު ހެނދުނު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހޯދަމުން ދަނިކޮށް ހުޅުމާލެ ފޭސް ދޭއްގެ އުތުރު ފަރާތު ފަޅުތެރެއިން ފެނިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ އެމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށެވެ. މި ހާދިސާގައި މަރުވެފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ 55 އަހަރުގެ ފިރިހެނެކެވެ.
މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު