ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބުރައީސް ރީކޯ މޫސާމަނިކު
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބުރައީސް ރީކޯ މޫސާމަނިކު
ރާއްޖޭގެ ބޯޑަރު ހުޅުވާލި ނަމަވެސް ވޯކްވިސާގައި އެތެރެވާ ބިދޭސީންގެ ކަންކަން ރަނގަޅަށް މޮނިޓަރ ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބުރައީސް ރީކޯ މޫސާމަނިކު ގޮވާލައްވައިފިއެވެ.

110 ދުވަހަށް ފަހު މިއަދު ރާއްޖޭގެ ބޯޑަރ އަލުން ހުޅުވާލާފައި ވާއިރު، މިހާރު ކޮންމެ ގައުމެއްގެ ރައްޔިތަކަށް ވެސް ދުރާލާ ވިސާ ނެގުމެއް ނެތި، އޮންއެރައިވަލް ވިސާގައި ރާއްޖެއަށް ޒިޔާރަތް ކުރެވޭނެ އެވެ. އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައިވަނީ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ރާއްޖެ އެތެރެވުމަށް މިހާރު ހާއްޞަ ހުއްދައެއް ހޯދަން ނުޖެހޭނެ ކަމަށެވެ.

އެކަމާ ގުޅިގެން ރީކޯ މޫސަ ވިދާޅުވީ، ބޯޑަރުތައް އަލަށް ހުޅުވުމުން ވޯކްވިސާގައި އެތެރެވާ ބިދޭސީންގެ މުސާރަ ޖަމާވާނެ އެކައުންޓާއި، އޭނާ ނިދާ ކައިބޮއެ އުޅޭނެ ތަންތަނާ، ގުޅޭނެ ސައްޙަ ފޯނު ނަމްބަރާ، ހަވާލުވަނީ ސައްޙަ ކުންފުންޏަކުންތޯ އިމިގްރޭޝަން ކޮންޓްރޯލަރ ކަށަވަރު ކުރައްވަން ވާނެ ކަމަށެވެ.



"މިކަންކަން ފުރިހަމަނުވާ މީހުން އެތެރެ ނުކުރައްވާ." އިމިގްރޭޝަން ކޮންޓްރޯލަރ ހަނަފީ ޓެގް ކުރަށްވައި ކުރެއްވި ޓްވީޓްގައި މޫސަ ވިދާޅުވެފައިވެއެވެ.

މިދިޔަ މާޗުމަހުން ފެށިގެން ރާއްޖޭގައި މަސައްކަތްކުރުމަށް އަންނަ ބިދޭސީންނަށް ރާއްޖެއަށް އެތެރެވެވެނީ ހާއްސަ ހުއްދައަކާ އެކުއެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓްރީން މިއަދު ވިދާޅުވީ ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރި މުއްދަތުގައި ކޮންމެހެން ރާއްޖެ އަންނަން ޖެހޭ ފަރާތްތައް ރާއްޖެ އައުމުގެ ކުރިން ޚާއްޞަ ހުއްދަ ހޯދަން ޖެހޭ ގޮތަށް ހަމަޖެއްސި އުޞޫލު މޯލްޑިވްސް އިމިގްރޭޝަނުން މިއަދުން ފެށިގެން ބާތިލް ކޮށްފައިވާކަމަށެވެ.

މިދިޔަ މާރޗުމަހުގެ 21 ވަނަ ދުވަހުން ފެށިގެން ޗުއްޓީއަށް ދިއުމަށްފަހު ރާއްޖެ އަންނަ ފަރާތްތަކާއި އެމްޕްލޯއިމެންޓް އެޕްރޫވަލް ލިބިގެން އަލަށް ރާއްޖެ އަންނަ ފަރާތްތައް ރާއްޖެ އެތެރެވުމަށް މިނިސްޓްރީން ވަކި ހުއްދައެއް ނަގަންޖެހެއެވެ. އަދި ރާއްޖެ އައުމުގެ 48 ގަޑިއިރު ކުރިން ހުއްދައަށް އެދި އިކޮނޮމިކް މިނިސްޓްރީއަށް ފޯމަކުން ހުށަހަޅަންޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން