ހުޅުމާލޭގައި ދުވަން ނުކުމެ އުޅުނު މީހަކު މަގުމަތީގައި މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލެ އުނިގަސް މަގުގައި މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 08:02 ގައި ކަމަށެވެ.

އެމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެމީހާއަކީ ސިންގަޕޫރުގެ 68 އަހަރުގެ މީހެއް ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

އެއީ ދުވަން ނުކުމެ އުޅުނު މީހެއް ކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން ބުނެއެވެ.

އަދި މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން