ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި އެތަނުގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކަކަށް ގެއްލުންވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ ސިނަމާލެ ބްރިޖް ހައިވޭގައި ދުއްވި ކާރެއް ކޮންޓްރޯލްނުވެ ހިނގި އެކްސިޑެންޓެއްގައި އެތަނުގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލްތަކަކަށް މިއަދު ގެއްލުން ލިބިފައިވާ ކަމަށެވެ.
މި ސޯލާ ޕެނެލްތަށް ހުރީ އިންޝުއަރެންސްކޮށްފައި ކަމަށް މަޢުލޫމާތު ލިބެއެވެ.
ފުލުހުން ބުނީ ހުޅުމާލެއިން މާލެއަށް ދަތުރުކުރި ޓެކްސީ ސޯލާ ޕެނަލްތަކުގައި ޖެހިފައިވަނީ ބާރުސްޕީޑްގައި ދުއްވުމުގެ ސަބަބުން ޓެކްސީ ކޮންޓްރޯލުން ނެއްޓުމުން ކަމަށެވެ.
މި ހާދިސާގައި މީހަކަށް އަނިޔާ ނުވި ނަމަވެސް ޓެކްސީއަށާއި ސޯލާ ޕެނަލްތަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު